Advertisement
ކ. މާލެ
|
5 ޖޫން 2021 | ހޮނިހިރު 12:58
ލޯކަލް މާރުކޭޓް ތެރެ،
ލޯކަލް މާރުކޭޓް ތެރެ،
ރާއްޖެއެމްވީ
މާރުކޭޓް ގޮޅިތަކުގެ ކުލި ކުޑަކުރުން
ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ ކުލި ކުޑަކޮށްދީފި
ކުލިީގެ 30 އިންސައްތަ ކުޑަކޮށްދީފައިވޭ
ކުލި ކުޑަކޮށްދީފައިވަނީ ކޮވިޑް-19އާ ގުޅިގެން އާމްދަނީ ދަށްވުމާއި ގުޅިގެން
މާރުކޭޓުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތަކުގެ ކުލި ކުޑަ ކޮށްދީފިއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ގޮޅިތަކުގެ ކުލި އަދި ފައްތިޔާތަކުގެ ކުލި ކުޑަ ކޮށްދިން ކަމުގެ ލިޔުން ހަވާލުކުރަމުންދާ ކަމަށެވެ. އެގޮތުން މިމަސައްކަތް ހުކުރު ދުވަހު ފަށާފައިވާ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ފައްތިޔާ ތަކާއި މާރުކޭޓު ގޮޅިތަކުން ނަގާ ކުލިން 30 އިންސައްތަ ވަނީ ކުޑަކޮށްފައެވެ.

Advertisement

ކުލި ކުޑަކޮށްދީފައިވަނީ ކޮވިޑް-19އާ ގުޅިގެން ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވުމާއި ގުޅިގެންނެވެ. ކުލި ކުޑަކުރުމާއިއެކު ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

ފައްތިޔާ ތަކާއި މާރުކޭޓު ގޮޅިތަކުން ނަގާ ކުލި ކުޑަކޮށްފައިވާއިރު ކުއްޔަށްދީފައިވާ ޕާކިންގ ޒޯނުތަކުގައި ޕްރައިވެޓް ކާރު ޕާކް ކުރުމަށް ނަގާ ފީ ކޮވިޑް-19 ގެ ހާލަތު ރަނގަޅުވެ އާއްމު ހާލަތަކަށް އަންނަންދެން 1000 ރުފިޔާއަށް ކުޑަކުރުމަށާއި އަދި އާއްމު ހާލަތުގައިވެސް 1500 ރުފިޔާ މަހަކަށް ކުޑަކުރަން ނިންމާފައިވެއެވެ. އަދި ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދީފައިހުރި ބިންތަކުން ވެސް 30 އިންސައްތަ ކުލި ކުޑަ ކުރުމަށް ނިންމާފައިވެއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ފާސްކޮށްފައިވާ "ރައްޔިތުން އެދޭ އަމާޒަށް" މާލޭ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް، މަސްމާރުކޭޓާއި، ލޯކަލް މާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ކައުންސިލުން ނިންމާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް