ކ. މާލެ
|
18 ޖޫން 2021 | ހުކުރު 12:06
އައްޑޫ ސިޓީ،
އައްޑޫ ސިޓީ،
najphotos.com
އައްޑޫގައި ކޮވިޑް-19 ފެތުރުން
އައްޑޫ ސިޓީން އިތުރު 7 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 396ށް އަރައިފި
 
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވޭ
 
302 މީހުން ބަލިން ރަނގަޅުވެފައިވޭ
 
92 އެކްޓިވް ކޭސް ހިމެނޭއިރު އެކަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުން

އައްޑޫ ސިޓީން އިތުރު 7 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 396ށް އަރައިފިއެވެ.

އައްޑޫ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 396 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި 302 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. ފާއިތުވި 24 ގަޑިއިރު 187 ސާމްޕަލެއް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 7 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެސެންޓަރުން މައުލޫމާތުދެއެވެ.

މިހާރު އައްޑޫ ސިޓީގައި 92 އެކްޓިވް ކޭސް ހިމެނޭއިރު އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ އެންމެ މީހަކަށެވެ. އައްޑޫ ސިޓީއިން މިބަލީގައި ދެ މީހަކު ނިޔާވެފައިވެއެވެ.

އާއްޑޫގެ ހާލަތަށް ބަލާއިރު، ހިތަދޫގައި 89 މީހުން، މަރަދޫގައި ދެމީހުން އަދި ފޭދޫއިން އެކަކު ޕޮޒިޓިވްވެފައިވެއެވެ. ބުރާސްފަތި ދުވަހު ޕޮޒިޓިވްވި 7 މީހުންނަކީ ވެސް ހިތަދޫއިން ޕޮޒިޓިވްވި މީހުންނެއެވެ. ހިތަދޫގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން އެރަށް އެއް ހަފްތާގެ މުއްދަތަށް މިހާރު ވަނީ ލޮންޑައުންކޮށްފައެވެ. އެގޮތުން މުޅި ރަށުގައި ހުއްދައަކާ ނުލައި ބޭރަށް ނިކުތުން މަނާވެފައިވާއިރު، ކޮންމެ ގޭބީސީއަކަށް ވެސް ބޭރަށް ނިކުތުމަށް ދެ ފާހެއް ދޫކުރެއެވެ. އެ ދެ ފާސް ދޫކުރަނީ ދެ ގަޑިއަކަށް ބަހާލައިގެން ކޮންމެހެން ޒަރޫރީ ބޭނުންތަކަށް އެކަންޏެވެ.

މީގެ އިތުރަށް ދަނޑުވެރިންނާއި މަސްވެރިންނަށް ވަކި ފާހެއް ދޭން ނިންމާފައިވާއިރު ވަޒީފާގެ ގޮތުން ބޭރަށް ދާން ޖެހޭ މީހުން ވަޒީފާއަށް ދާން ޖެހޭ ގަޑިތަކުގައި ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ފާސް ނެގޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރަށް ކެފޭ ރެސްޓޯރަންޓުތަކުން ޑެލިވަރީ ނޫން އެހެން ޚިދުމަތެއް ނުދެވޭ ގޮތަށް ހަދާފައިވާއިރު ފަތިހު 4ން ހެނދުނު 8ށް ކަސްރަތުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ. މިގޮތަށް ކަސްރަތަށް ހުއްދަދީފައިވަނީ ވެސް އެކަނި ކަސްރަތުކުރުމަށް ނުކުމެވޭގޮތަށެވެ.

ހިތަދޫގައި ކޮވިޑް-19 ހާލަތު ގޯސްވެފައިވަނީ އެރަށުގައި އުޅޭ ބިދޭސީންގެ މެދުގައި ކޮވިޑް-19ގެ ބޮޑު ކްލަސްޓަރއެއް އުފެދިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް