ކ. މާލެ
|
17 ޖޫން 2021 | ބުރާސްފަތި 07:34
ކާފިއުގެ ވަގުތުގައި ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ،
ކާފިއުގެ ވަގުތުގައި ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ،
ޕޮލިސް
ލައިސެންސް އައުކުރުމުގެ ޚިދުމަތް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ލައިސެންސް އައު ކޮށްދިނުމުގެ ޚިދުމަތް އަލުން ފަށަނީ
 
މެރިޓައިމްގެ ބައެއް ޚިދުމަތްތައް ދޭނެ
 
ދެ ފުރޮޅުލީ އެއްގަމު އުޅަނދުގެ ރަޖިސްޓްރޭޝަންގެ ޚިދުމަތް ލިބޭނެ

އަންނަ އާދިއްތަ ދުވަހުން ފެށިގެން ލައިސެންސް އައު ކޮށްދިނުމުގެ ޚިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ، 20 ޖޫން ވާ އާދިއްތަ ދުވަހުން ފެށިގެން އެތޯރިޓީން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން ބައެއް ޚިދުމަތްތައް ދިނުމަށް ނިންމާފައިވާ ކަަމަށެވެ. އެގޮތުން ލައިސަންސް އައު ކޮށްދިނުމާއި، ދެ ފުރޮޅުލީ އެއްގަމު އުޅަނދުގެ ރަޖިސްޓްރޭޝަންގެ ޚިދުމަތުގެ އިތުރުން މެރިޓައިމްގެ ބައެއް ޚިދުމަތްތައް ދޭނެ ކަމަށް އެއޮތޯރިޓީން ބުނެއެވެ.

ކޮވިޑް-19އާ ގުޅިގެން އަލަށް ލައިސަންސް ދޫކުރުމާއި ލައިސަންސް އާ ކޮށްދިނުމުގެ ޚިދުމަތް އޮތީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.

މީގެ އިތުރުން މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްތައް ޖުލައިމަހުގެ ނިޔަލަށް ބޭނުން ކުރެވޭ ގޮތަށް މުއްދަތު ވެސް އިތުރުކޮށްފައިވެއެވެ. ލައިސަންސްގެ މުއްދަތު އިތުރުކޮށްފައިވަނީ ކޮވިޑް 19 އާލަމީ ވަބާގެ ސަބަބުން ރައްޔިތުންނަށް ލިބޭ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް ނިންމި ނިންމުމެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
100%
0%
0%
0%
0%
ކޮމެންޓް