ކ. މާލެ
|
8 އޮކްޓޯބަރ 2023 | އާދީއްތަ 22:03
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ޕޯޓަލް އިފްތިތާހު ކޮށްދެއްވަނީ
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ޕޯޓަލް އިފްތިތާހު ކޮށްދެއްވަނީ
އެޑިއުކޭޝަން މިނިސްޓްރީ
މުދައްރިސުންނަށް ލައިސަންސް ދިނުން
ވަންގަވް މެދުވެރިކޮށް ޓީޗިންގެ ލައިސެންސަށް އެދި ހުށަހެޅޭނެ: އެޑިއުކޭޝަން މިނިސްޓްރީ
 
މުދަރިއްސުންގެ ފެންވަރު ރަނގަޅުވާނެ
 
ލައިސަންސް ދޭން ފެށުމުން މުދައްރިސުންނަށް ކުރާ އިތުބާރު ބޮޑުވާނެ
 
ޕޯޓަލް މެދުވެރިކޮށް މުދައްރިސުންނަށް ދޫކުރާނީ ޑިޖިޓަލް ލައިސެންސެއް

މުދައްރިސުން ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތައްޔާރުކޮށްފައިވާ ޕޯޓަލް އިފްތިތާހްކޮށްފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ޕޯޓަލްއާއެކު މުދައްރިސުން ރަޖިސްޓަރީވެ ލައިސަންސް ހޯދުމަށް ވަންގަވް މެދުވެރިކޮށް ހުށައެޅޭނެ ކަމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް މުދައްރިސުންނަށް ދޫކުރާނީ ޑިޖިޓަލް ލައިސެންސެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ މުދައްރިސުން ރަޖިސްޓްރީކުރުމާއި ލައިސަންސް ދޭން ފެށުމުން މުދައްރިސުންނަށް ކުރާ އިތުބާރު ބޮޑުވާނެ ކަމަށާއި، އަބަދުވެސް މައޫލޫމާތާއި ހުނަރުތައް ތާޒާ ކުރަމުންދާ ބަޔަކަށްވާނެ ކަމަށެވެ. އަދި މުދަރިއްސުންގެ ފެންވަރު ރަނގަޅުވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

މުދައްރިސްކަމުގެ ލައިސެންސްގެ ތަފާތު ތިން ބާވަތެއް ވެއެވެ. އެއީ ޓީޗިން ލައިސެންސް، ސްކޫލް ލީޑާޝިޕް ލައިސެންސް އަދު ސްކޫލް ޕްރޮފެޝަނަލް ލައިސެންސް އެވެ.

މިހާރު ޚިދުމަތުގައި ތިބި ޓީޗަރުންނަށް ލައިސެންސް ދިނުމުގެ މަސައްކަތް މިދިޔަ އޯގަސްޓް މަހު ވަނީ ފަށާފައެވެ. އަދި މުދައްރިސުންނަށް ލައިސަންސް ދިނުމާ ގުޅޭ އިދާރީ މަސައްކަތްތައް އަންނަ އަހަރުގެ ޖެނުއަރީ މަހަށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މުދައްރިސުން ރަޖިސްޓްރީކޮށް، ލައިސަންސް ދިނުމުގެ ގަވާއިދެއް އެކުލަވާލުމަށްފަހު 25 ޖުލައި 2023 ވީ އަންގާރަ ދުވަހު ވަނީ އާއްމުކޮށްފައެވެ.

މި ގަވާއިދަކީ ރާއްޖޭގައި ހިންގާ ސްކޫލްތަކާއި، އަދި ކިޔަވައިދޭ އެހެނިހެން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓްރީކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމާއި އަދި އެއާގުޅޭ ކަންކަން ބަޔާންކުރުމަށް އޮގަސްޓު 2021ގައި އަމަލުކުރަން ފެށި ތައުލީމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ މަގުސަދަކީ، ރާއްޖޭގައި ކިޔަވައިދިނުމަށް އުޅޭ މުދައްރިސުންނަކީ ގާބިލު އެކަށީގެންވާ ބައެއްކަމަށް ކަށަވަރުކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭ ބައެއްކަމަށް ކަށަވަރުކުރުމެވެ. އަދި 2024ގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސްކޫލްތަކާއި ކިޔަވައިދޭ އެނޫން ތަންތަނުގައި މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ މުދައްރިސެއްގެ ގޮތުގައި ރަޖިސްޓްރީވެ ލައިސަންސް ލިބިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި