Advertisement
ކ. މާލެ
|
16 ޖޫން 2021 | ބުދަ 20:10
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލް
މިދިޔަ ދައުރަށް ހުށަހަޅާނެކަމަށް ހާމަކުރި 5 ބިލާއެކު 19 ބިލެއް ސަރުކާރުން މަޖިލީހަށް މިދައުރުގައި ހުށަހަޅަނީ
ދެ ބިލެއްގެ ކޮމިޓީ މަސައްކަތް ވަނީ ނިންމާލާފައި
އޭގެ ތެރެއިން 12 ބިލެއް އަދި ހުށަނާޅާ
މިދައުރަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ބިލްތަކުގެ ތެރެއިން 7 ބިލެއް ވަނީ ހުށަހަޅާފައި

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެކަމަށް ހާމަކޮށްފައިވާ 5 ބިލާއެކު ޖުމްލަ 19 ބިލެއް މިދައުރުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ގަސްތުކޮށްފައިވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

Advertisement

މިދައުރަށް ހުށަހެޅުމަށް ސަރުކާރުން ގަސްތުކޮށްފައިވާ ބައެއް ބިލްތައް މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. މަޖިލީހަށް ހުށަހަޅާފައިވާ ބައެއް ބިލްތައް މިހާރު ހުރީ ކޮމިޓީ ސްޓޭޖްގައެވެ. އަދި ބައެއް ބިލްތަކުގެ މަސައްކަތް ކޮމިޓީން ވަނީ ނިންމާލާފައެވެ.

މިދައުރަށް ހުށަހަޅާނެކަމަށް ހާމަކޮށްފައިވާ ބިލްތަކުގެ ތެރެއިން ކޮމިޓީން މަސައްކަތްތައް ނިންމާލާފައިވާ ބިލްތަކަކީ:

  1. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  2. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

މިދެބިލަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަޑިޔާރު ދިރިއުޅޭނެ ތަނެއް ދައުލަތުން ހަމަޖެއްސުމަށް ހުށަހަޅާފައިވާ ދެ ބިލެވެ. މިދެ ބިލް ދިރާސާކޮށްފައިވަނީ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީންނެވެ. މިދެބިލް ދިރާސާކުރި ސަބްކޮމިޓީން ވަނީ މިދެބިލް ދިރާސާކުރުމުގެ މަސައްކަތް މިހާރު ނިންމާލާފައެވެ.

މިދައުރަށް ހުށަަހަޅާ ބިލްތަކުގެ ތެރެއިން މިހާރު ކޮމިޓީގައި ހުރި ބިލްތައް:

  1. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް (މިބިލް އަންނަނީ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރަމުން)

މިދައުރަށް ހުށަހަޅާނެކަމަށް ހާމަކޮށްފައިވާ ބިލްތަކުގެ ތެރެއިން ފުރަތަމަ ކިޔުން އިއްވާފައިވާ ބިލްތަކަކީ:

  1. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް
  2. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  3. އުފަންވުމާއި މަރުވުން ރަޖިސްޓްރީކުރުމާއި، އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ބިލް
  4. ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލް

މިދިޔަ ދައުރަށް ހުށަނާޅާ ބިލްތަކުގެ ތެރެއިން މިދައުރަށް ހުށަހަޅާ ބިލްތައް:

  1. ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް
  2. ހެއްކާބެހޭ ބިލް (މިއީ 2020 ވަނަ އަހަރުގެ ތިން ވަނަ ދައުރު ހުށަހަޅާނެކަމަށް ބުނެފައިވާ ބިލެއް)
  3. އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް (މިއީ 2020 ވަނަ އަހަރުގެ ތިން ވަނަ ދައުރު ހުށަހަޅާނެކަމަށް ބުނެފައިވާ ބިލެއް)
  4. އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލް
  5. ނެތި ދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ * ވިޔަފާރިކުރުމުގެ ބިލް (މިއީ 2020 ވަނަ އަހަރުގެ ތިން ވަނަ ދައުރު ހުށަހަޅާނެކަމަށް ބުނެފައިވާ ބިލެއް)

މިދައުރަށް އަލަށް ހުށަހެޅުމަށް ހަމަޖެހިފައިވާ އަދި ހުށަނާޅާ ބިލްތައް:

  1. ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ބިލް
  2. ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  3. ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  4. ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  5. ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  6. ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  7. އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

މީގެއިތުރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެ ގާނޫނުގެ މަގްސަދުތަކާ ތަޢާރުޟުވާ ގާނޫނުތަކަށް އިސްލާހު ގެނައުމާގުޅޭ ބިލްތައް ހުށަހަޅަމުންގެންދާނެ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

ސަރުކާރުގެ ފަސް އަހަރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 201 ބިލެއް ހިމެނެއެވެ. އޭގެތެރެއިން 76 ބިލެއް މިއަހަރުގެ މަރޗް މަހުގެ ނިޔަލަށް ވަނީ ހުށަހަޅާފައެވެ.

މިހާރު ހިނގަމުންމިދާ ދެވަނަ ދައުރު ކުރިޔަށްދާނީ ޖޫން މަހުގެ ނިޔަލަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް