ކ. މާލެ
|
15 ޖޫން 2021 | އަންގާރަ 12:12
އަބްދުﷲ ޖާބިރު، ކާށިދޫ ދާއިރާގެ މެމްބަރު
އަބްދުﷲ ޖާބިރު، ކާށިދޫ ދާއިރާގެ މެމްބަރު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
އެމްޑީޕީ ތެރެއިން މިސަރުކާރު ވައްޓާލަން ޕާޓީއެއް އުފެދުމަކީ ވެގެންވާނެ ކަމެއް ނޫން - ޖާބިރު
 
އެމްޑީޕީ ބައިބައި ވެއްޖެ ނަަމަ ޑިމޮކްރެސީ ގެނައުމަށް ކުރި މަސައްކަތް ފަހަތަށް ހިނގައިދާނެ
 
ސިޔާސީ ގޮތުން ފެއިލްވާ މީހާ އެހެން ގޮތެއް ނެތީމާ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އިންތިޚާބު ކާމިޔާބު ކުރަން ދީން ބޭނުންކުރަނީ

އެމްޑީޕީ ތެރެއިން މި ސަރުކާރު ވައްޓާލަން ޕާޓީއެއް އުފެދުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ނަފްރަތުގެ ބިލާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ޖާބިރު ވިދާޅުވީ، ސިޔާސީ ގޮތުން ފެއިލްވާ މީހާ އެހެން ގޮތެއް ނެތީމާ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އިންތިޚާބު ކާމިޔާބު ކުރަން ދީން ބޭނުން ކުރާތަން ފެންނަ ކަމަށާއި، ކޮންމެ ކަމެއް ދިމާވާއިރަށް ދީނުގެ މިލްކުވެރިކަން ނަގައިގެން ވަކި ބަޔަކު އުޅޭތަން ފެންނަ ކަމަށެވެ. ދީނޭ ކިޔައިގެ ވާހަކަ ދައްކަން ޕީޕީއެމް ޕީއެންސީ އެއީ ކޮންބައެއްތޯ ކަމަށްބުނެ ޖާބިރު ވަނީ ސުވާލު އުފައްދަވާފައެވެ.

އެމްޑީޕީއަށް ކާމިޔާބެއް ލިބެންޏާ އެއީ ލާދީނީ ގްރޫޕެއްގެ ގޮތުގައި ސިފަކުރާކަމަށާއި، އެއީ ރައީސް މައުމޫން ސިޔާސީ ގޮތުން ފެއިލްވަމުން އައި ދުވަސްވަރު ކިޔަންފެށި އެއްޗެއްކަމަށް ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރުގެ ބަޔަކު އެބަތިބިކަމަށާއި، އެބަޔަކު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަނީ ދީން ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެމްޑީޕީ ކަހަލަ ޕާޓީއެއް ވުޖޫދުގައި އޮންނަން ޖެހޭ ކަަމަށާއި، އެމްޑީޕީ ބައިބައި ވެއްޖެ ނަަމަ ޑިމޮކްރެސީ ގެނައުމަށް ކުރި މަސައްކަތް ފަހަތަށް ހިނގައިދާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ، އެމްޑީޕީގެ ތެރެއިން މި ސަރުކާރު ވައްޓާލަން ޕާޓީއެއް އުފެދުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށާއި، އެމްޑީޕީގެ އެތެރޭގައި ހިނގާ ކަންކަން އެތެރެއިން ނިންމަންޖެހޭ ކަމަށެވެ.

ޖާބިރު ވިދާޅުވީ، މަޖިލީހުގައި އެމްޑީޕީގެ މެޖޯރީޓީ އޮވެ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ހެޔޮ މަގަށް ރާއްޖޭގެ އިގްތިސާދު ހަމަ މަގަށް އެޅުވުމުގައި މުހިއްމު ދައުރެއް އަދާ ކުރެވޭނެ ކަމަށެވެ.

ޑިއާރްޕީއާ އެމްޑީޕީ ގުޅިގެން ރާއްޖެ ހަމަމަގަށް އަޅުވަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
33%
0%
0%
0%
0%
67%
ކޮމެންޓް