ކ. މާލެ
|
15 ޖޫން 2021 | އަންގާރަ 11:23
އަހްމަދު ނަޝީދު
އަހްމަދު ނަޝީދު
ރައީސް އޮފީސް
ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ
ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް އަހުމަދު ނަޝީދު
 
އަޙްމަދު ނަޝީދު، ޢައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުގެ މަޤާމާ އެއް ފެންވަރުގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ "މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ"ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ދަފްތަރު ނަންބަރު 3851، އަޙްމަދު ނަޝީދު، ޢައްޔަންކުރައްވައިފިއެވެ.

މި މަޤާމަށް އަޙްމަދު ނަޝީދު، ޢައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުގެ މަޤާމާ އެއް ފެންވަރުގައެވެ.

އަޙްމަދު ނަޝީދު މި މަޤާމަށް ޢައްޔަނުކުރެއްވުމާ ހަމައަށް ހުންނެވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމުގައެވެ. އަދި އަޙްމަދު ނަޝީދު ވަނީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ މަޤާމު ފަދަ އިސް މަޤާމުތައް ފުރުއްވާފައެވެ.

އަޙްމަދު ނަޝީދަކީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީއިން މާސްޓަރ އޮފް އިންޖިނިއަރިންގ ސައިންސް (ރިނިއުބަލް އެނަރޖީ އިންޖިނިއަރިންގ) އިން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް