ކ. މާލެ
|
9 ޖޫން 2021 | ބުދަ 23:19
ކޮވިޑް ކޭސްތައް އިނގިރޭސިވިލާތުގައި އިތުރުވާން ފެށުން
ކޮވިޑް ކޭސްތައް އިނގިރޭސިވިލާތުގައި އިތުރުވާން ފެށުން
އިންޑިޕެންޑެންޓް.ޔޫކޭ
ކޮވިޑް-19
ކޭސްތައް އިތުރުވުމާއެކު އިނގިރޭސިވިލާތަށް ތިންވަނަ ރާޅެއްގެ އިންޒާރު
 
އިނގިރޭސިވިލާތުން ބުދަދުވަހު 7،540 މީހުންކޮވިޑަށް ޕޮޒިޓިވް ވެފައިވޭ
 
މިއީ ފެބުރުއަރީ 29ގެ ފަހުން އެއްފަހަރާ އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ދުވަސް
 
ކޭސްތައް އިތުރުވީ ކޮވިޑްގެ ފިޔަވަޅުތަކަށް ލުޔެއް ދޭން ނިންމާފައި ވަނިކޮށް

ބުދަދުވަހު އިނގިރޭސިވިލާތުން 7،540 މީހުންކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއީ ފެބުރުއަރީ މަހުގެ 29 ވަނަ ދުވަހުގެ ފަހުން އިނގިރޭސިވިލާތުން އެއްފަހަރާ އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ. އެގައުމުގެ ސަރުކާރުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ބުދަ ދުވަހު މިބަލީގައި 6 މީހަކު މަރުވެފައިވެއެވެ.

ކޭސްތައް އިތުރުވުމާއެކު އިނގިރޭސިވިލާތުގައި ކޮވިޑްގެ ތިންވަނަ ރާޅެއް އުފެދިދާނެ ކަމުގެ އިންޒާރު އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ދީފައި ވެއެވެ.

އިނގިރޭސި ވިލާތުގައި ކޮވިޑްގެ ކޭސްތައް އިތުރުވެފައި މިވަނީ، ޖޫންމަހުގެ 21ވަނަ ދުވަހު ކޮވިޑްގެ ފިޔަވަޅުތަކަށް ލުޔެއް ދޭން ނިންމާފައި ވަނިކޮށެވެ. އެހެން ނަމަވެސް ހަލުވި މިނުގައި އެގައުމުގައި ފެތުރެމުންދާ ޑެލްޓާ ވޭރިއެންޓްގެ ސަބަބުން ފިޔަވަޅުތަކަށް ލުއި ދިނުން ލަސްކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރި ވެދާނެ ކަމަށް އޮފިޝަލުން ލަފާކުރެއެވެ. ނަމަވެސް މިކަމާމެދު ގޮތެއް ނިންމޭނީ ކޭސްތައް އިތުރުވާ މިންވަރު ހުރިގޮތް ރަނގަޅަށް ބެލުމަށްފަހު ކަމަށް އޮފިޝަލުން ބުނެއެވެ.

އިނގިރޭސިވިލާތުގައި ބައްޔަށް ފަރުވާ ދިނުމަށް އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މާޗު މަހަށް ފަހު ފުރަތަމަ ފަހަރަށް ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯދާ މީހުންގެ އަދަދު ވަނީ 1000ށް ވުރެ އިތުރުވެފައެވެ.  

ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދާއި، އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު އިތުރުވެފައި ވީ ނަމަވެސް، މަރުވާ މީހުންގެ އަދަދު ނިސްބަތުން އިތުރުވެފައެއް ނުވެއެވެ. އެއީ ނގިރޭސިވިލާތުގައި ކުރިއަށް ގެންދާ ކޮވިޑް ވެކްސިން ޕްރޮގްރާމްގެ ސަބަބުން ބަލީގެ ނުރައްކާ ކުރިމަތިވާ މިންވަރު ދަށްފެވައިވާތީ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް