ކ. މާލެ
|
6 ޖޫން 2021 | އާދީއްތަ 00:13
ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީ
ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީ
ސަން
ސިވިލްކޯޓުގެ އިސްގާޒީ އަބްދުﷲ އަލީ
ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި
 
ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދާ ގުޅޭ ގޮތުން ބެލި މައްސަލަވެސް ސާބިތެއްނުވޭ
 
ޖޭއެސްސީން ދަނީ ގިނަ މައްސަލަތައް ނިންމަމުން
 
އެ މައްސަލަ ސާބިތު ނުވާކަމަށް 31 މެއި 2021 ގައި ކޮމިޝަނުން ނިންމާފައިވޭ

ސިވިލް ކޯޓުގެ އިސްގާޒީ އަލްއުސްތާޒު އަބްދުﷲ އަލީއާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމައިފިއެވެ.

ސިވިލް ކޯޓުގެ އިސްގާޒީ އަލްއުސްތާޒު އަބްދު ﷲ އަލީއާ ގުޅިގެން ބަލާފައިވާ މައްސަލައަކީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދައުވާކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ހާޒިރުވުމަށް ޢައްޔަން ކޮށްފައިވާ ފަރާތް ކޯޓަށް ހާޒިރު ނުކޮށް މައްސަލަ ބާތިލު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތް ފަށާފައިވަނީ 17 ޖޫން 2020 ގައެވެ.

މި މައްސަލަ ތަހުގީގު ކުރުމަށްފަހު ޖޭއެސްސީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލަ ސާބިތު ނުވާކަމަށް 31 މެއި 2021 ގައި ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ދާދި ފަހުން ވަނީ ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދާ ގުޅޭ ގޮތުން ބެލި މައްސަލަވެސް ސާބިތުނުވާކަމަށް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
100%
0%
ކޮމެންޓް
6 ޖޫން 2021 | އާދީއްތަ 00:34
އަހުމަދު...ޖ
ސުލޫކީ މިންގަނޑު ދޯ..... މޫނުމަތިން ސުލޫކީ މިންގަނޑާ ހިލާފު އެއްވެސް ކަމަކަށް ޖާގައެއް ނެތް
ގުޅުންހުރި
"ވަގަށް މަސްވެރިކަންކޮށްގެން އިންޑިއާގެ ބޯޓެއް ކުރި ޖޫރިމަނާ މަޢާފުކުރީ ރައީސް އޮފީހުގެ ސިޓީއަކުން"
ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ބަލައިދިނުމަށް ޖޭއެސްސީއަށް ހުށަހަޅާނަން - އަސްލަމް
ޣައިރު ހާޒިރުގައި، ދަރަންޏެއް ސާބިތުވާގޮތަށް ކަނޑައެޅީ ސިޔާސީ މަގުސަދެއްގައި - މެމްބަރު އިސްމާއީލް
އެކްސްކްރޯ އެކައުންޓުގައި ހުރި 1 މިލިއަން ޑޮލަރު ހޯދުމަށް ޔާމީނު ހުށަހެޅުއްވި މައްސަލަ ބެލޭނެކަމަށް ނިންމުމުން، ބޭންކުން ހައިކޯޓަށް
މިއިން ޒަމާނެއްގައި އިންވެސްޓް ނުކުރާ ވަރަށް 2019 ވަނަ އަހަރުން ފެށިގެން ކޯޓުތަކަށް ދަނީ އިންވެސްޓް ކުރަމުން: ޙިސާން
ޝަރީއަތްތަކުގައި ދެކެވޭ ވާހަކަތައް ވަގުތުން ލިއުމަށް ތިރިކުރުމަށް "ކޭލި" ސޮފްޓްވެއަރ އިފްތިތާހުކޮށްފި
އަލަށް ވުޖޫދުވާ ޤާނޫނުތަކަށް އަހުލުވެރިނުވެ އެންމެ ރަނގަޅަށް އިންސާފު ޤާއިމުނުކުރެވޭނެ: ފަނޑިޔާރު ނިޔާޒް
މެޖިސްޓްރޭޓު ކޯޓުތަކަށް ހަތް ފަނޑިޔާރުން އައްޔަންކޮށްފި