ކ. މާލެ
|
31 މެއި 2021 | ހޯމަ 18:12
ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ
ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ
ޓްވިޓަރ
ސީލައިފްގެ ވެރިޔާއަށް ދައުވާކުރުން
އައްމަޓީއަށް 42 ދައުވާ، ސާބިތުވެއްޖެނަމަ 65 އަހަރު ޖަލަށް!
 
ދައުވާ ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ
 
ސީލައިފްއަށް ގިނަ އަދަދެއްގެ ބަޔަކު ފައިސާ ދައްކާފައިވޭ

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިން ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށްފަހު، ރާއްޖެއިން ބޭރަށްގޮސް ފިލި މައްސަލައިގައި ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، 13 މާރިޗު 2014ގައި ހައުސިންގ ޑިވަލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް އެކުންފުންޏަށް ހަވާލުކުުރެވުނެވެ.

އައްމަޓީގެ މައްޗަށް ދައުވާ އުފުލާފައިވާކަން ހާމަކޮށް ޕީޖީ އޮފީހުން ބުނީ، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އެ މައްސަލައިގައި އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް ކުރުމަށް އާދިއްތަ ދުވަހު ވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.

އޭރު އޭނާ ފިލައިގެން އުޅެނިކޮށް ހައްޔަރު ކޮށްފައިވަނީ އިންޓަރޕޯލްއިން ރެޑް ނޯޓިސް ނެރެގެންނެވެ.

އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

1.ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ 12 (ބާރަ) ދަޢުވާ.

2.ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ 25 (ފަންސަވީސް) ދަޢުވާ.

3.ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ޚިޔާނާތްތެރިވުމުގެ ކުށުގެ 05 (ފަހެއް) ދަޢުވާ.

މި ކުށްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، މި ދަޢުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ބެލެވޭކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

180 އަށް ވުރެ ގިނަ މީހުންގެ އަތުން، އެކުންފުނިން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ އިރު، ފައިސާ ދިން އެކި ފަރާތްތަކާ އެގްރީމެންޓް ވެސް ކުރެވިފައި ވަނީ އެކި ގޮތްގޮތަށެވެ. އެގޮތުން ތިން ރޫމް އެޕާޓްމެންޓް 3 މިލިއަން ރުފިޔާއަށް ވިއްކުމަށް ބައެއް ފަރާތްތަކާ އެގްރީމެންޓް ކުރެވިފައިވާ އިރު އަނެއްބައި ފަރާތްތަކާ ތިން ރޫމް އެޕާޓްމެންޓް 1 މިލިއަން ރުފިޔާއަށް ވިއްކުމަށްވެސް އެގްރީމެންޓް ކުރެވިފައިވެއެވެ.

ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި ހިންގަން އުޅުނު މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެހެންނަމަވެސް ކުންފުނީގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކުރަން ހަވާލުކުރެވުނު 3000 ހައުސިންގ ޔުނިޓްގެ މަޝްރޫއު އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައިނުވާއިރު، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އައްމަޓީއަކީ ރައީސް ޔާމީންއާ ވެސް ގާތް ގުޅުމެއް އޮންނަ މީހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
0%
0%
50%
0%
0%
ކޮމެންޓް
1 ޖޫން 2021 | އަންގާރަ 10:24
ސައީދު މުހައްމަދު / ފިނިފެންމާގެ
މިނޫހަށްކުރާކޮމެންޓު ޖަހަންނުކެރެނީ ކީއްވެތަ؟ ކޮމެންޓު ކުރެވޭގޮތަށް ހަދާފައި މިއޮންނަނީ ކީއްކުރަންބާ؟؟
1 ޖޫން 2021 | އަންގާރަ 04:37
ަައައަ އަހުމަދު...ޖ
މަނިކުފާނަށް 8 ފޮށި، އަޅުގަނޑަށް 2 ފޮށި
1 ޖޫން 2021 | އަންގާރަ 00:16
ސަޢީދު މުޙައްމަދު / ފިނިފެންމާގެ
ވ. އަތޮޅު ތިނަދޫ ކުރިންމަޝްހޫރުވެފައޮތީ ރާއްޖޭގައި އުފެދޭމޮޅުވޮލީކުޅޭ ކުދިންއުފެދޭރަށެއްގެ ގޮތުގައި ނަމަވެސް މިހާރު ނޫސްތަކުގެ ފަލަސުރުހީތަކުން މިފެންނަނީ މީހުނަށް ބޮޑަތިއޮޅުވަލުމާއި މަކަރުން އެތައްފައިސާއެއްގައި ޖެހިފާވާމީހުންގެ ވާހަކަޔާއި ޤައުމަށްނުރައްކާތެރި މީހުންއުފެދެމުންދާ ވާހަކަ، އައްމަޓީގެ އިތުރުން ތިނަދުއަށް ނިސްބަތްވާ ވިޔަފާރިވެރިއެއްގެ ގޯލްޑްކޮއިން އިންވެސް އެތައްރައްޔިތުންގެ ފައިސާގައިޖެހި ގޯލްޑްކޮއިންގެ އޮފްކެޑުނުވާހަކަ ނޫހެއްގެ ބޮޑުސުރުހީއަކުން ފެނުނު މިމީހުންގެ ފަރާތުން ގެއްލުންލިބިފައިވާ ރައްޔިތުންނަށް ބަދަލުހޯދައިދޭނެ މުއައްސަސާއެއް މިޤައުމުގަނެތީތޯ؟؟؟
ގުޅުންހުރި