މީގެ 3 މިލިޔަނަށްވުރެ ގިނަ އަހަރު ކުރިން އިންސާނުން ދުނިޔޭގައި ދިރިއުޅެންފަށައި، ދިރިއުޅުން އާރާސްތުކުރުމުގައި އިންޤިލާބީ ކުރިއެރުންތަކެއް ހޯދާފައިވާއިރު، މި ބަދަލުތަކުގެ ފަހަތުގައި ކެރިހުރެ މި ދެންނެވި ތަހުޒީބު އޭގެ އެންމެ ފުރިހަމަ މާނާގައި ގެނެސްދިނުމަށް ލާމަސީލު އެތައް ލީޑަރުންނެއް ވަނީ ފެނިގެންގޮސްފައެވެ. މިފަދަ ލީޑަރުންގެ ގޮތުގައި މަހާތުމާ ގާންދީއާއި، ޖަވާހަރް ލާލް ނެހެރޫ، ނެލްސަން މަންޑޭލާ، ޔާސިރު އަރަފާތު އަދި ކޯފީ އަނާން ފަދަ އެކި ނަސްލުތަކަށް ނިސްބަތްވާ ބޭފުޅުން ލިސްޓްކުރެވިދާނެއެވެ.
އެހެންނަމަވެސް، މި ހުރިހާ ލީޑަރުންގެ މެދުގައި އެއްގޮތްކަމެއް ހޯދާށޭ ބުނެފިނަމަ އެންމެ ފުރަތަމަވެސް ފާހަގަވާނީ އެ ބަތަލުންނާއި އާންމުންނާއި އޮންނަ ގުޅުމެވެ. ފެނިގެންދަނީ ވަރަށް ބަދަހި ގާތް ގުޅުމެކެވެ. މިފަދަ ގުޅުމެއް މިއަދު ޤައުމެއްގެ ހުންގާނުގައި ހިފާ މާލިމީއަކަށް ރައްޔިތުން ހޮވާ ރައީސެއް، ނުވަތަ ސަރުކާރަކާއިވެސް އޮތުން ވަނީ ވަރަށް މުހިންމު ވެފައެވެ.
މި ސަބަބަށްޓަކައި މި ދެންނެވި ގުޅުމަށް ޒަމާނީ ނަމެއްދީ "އޯގާތެރި ސަރުކާރު"ގެ ނަމުގައި، ސަރުކާރުތަކުން ވެރިކަމަށް އަންނަ އިރު މެނިފެސްޓޯގެ ފައިލުގައި ކޮންމެހެން ހިމަނާކަން ޔަޤީންކުރެއެވެ. މިކަން ރާއްޖެފަދަ ޑިމޮކްރަސީގެ ޅަފަތުގައި އޮތް ޤައުމަކުންވެސް މިވަނީ ފެނިފައެވެ. ގަދަ ފަސް އަހަރުކަމުގައިވިޔަސް، އަނެއް ދިވެހިރާއްޖެކަމުގައިވިޔަސް، ޖަޒީރާ ރާއްޖެކަމުގައިވިޔަސް ވަނީ ހިމަނާފައެވެ. އެހެންނަމަވެސް، މި ދެންނެވި ގުޅުން އޭގެ އެންމެ ފުރިހަމަ މާނާގައި ތަންފީޒުކުރަނީ މިހާރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙްގެ ސަރުކާރުންކަމުގައި ހެކިދެއެވެ. އެމްޑީޕީގެ ސަރުކާރަކީ ރައްޔިތުންނާއި ގާތުން ލާމަރުކަޒު ކުރުކޮށް ރައްޔިތުން ބާރުވެރި ކުރުމަށް އަތުކުރި އޮޅާލައިފައިވާ ޕާޓީއެއް ކަމުގައިވާއިރު، ސިޔާސީ އޮއިވަރު އޮތް ގޮތުން މި ދެންނެވި ސިފައިގެ ހިޔަލަށް ރައްޔިތުންގެ ނުގެނެވީސް ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވަނީ ވައްޓާލާފައެވެ. އެއީ ވެނިމިފައިވާ ކަމެއްކަމަށް ބަލާ ދެން އެކަން ދޫކޮށްލާނަމެވެ.
ހުރިހާ ބާރުތަކެއް މަރުކަޒުކޮށް ރައްޔިތުންގެ ފައިސާއިން ބޮޑެތި ޚިޔާނާތްތަކެއް ވެފައިވާކަން ސާބިތުވެ މިއަދު ޖަލު ގޮޅީގައި އޮންނެވި ރައީސް ޔާމީންގެ ވެރިކަމަށް ނިމުމެއް ގެނެސް، ރައީސް ޞާލިޙްގެ ސަރުކާރު 2018 ވަނަ އަހަރު ހަވާލުވީ، ކުރިންދެންނެވި "އޯގާތެރި ސަރުކާރު" ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގެ މައި އެއް އަސާސްކަމުގައި ކަނޑައަޅައިގެންނެވެ. މިއަދު މި ސަރުކާރުގެ ދައުރުގެ މެދަކާއި ހަމައަށް ދިޔައިރު، މިދަތުރުވީ ވަރަށް ބިޔަ ރާޅު ބާނި ނަގާ އެތަކެއް ތޫފާންތަކެއް ކުރިމަތިލާންޖެހުނު ދުވަސްތަކަކަށެވެ. އެހެންނަމަވެސް، އޯގާތެރިކަމުގެ ސިފަ ސަރުކާރުގެ ފިޔަވަޅުތަކުން އެންމެ ހިނދުކޮޅަކަށްވެސް ވަކިވިޔަދީފައެއް ނުވެއެވެ. މިކަން ސަރުކާރުން އެކަށައެޅި ކޮންމެ ފިޔަވަޅަކާއި، ފޯރުކޮށްދޭން ނިންމި ކޮންމެ ޚިދުމަތަކުންވެސް ހާމައަށް ފެންނަން އެބަ ހުއްޓެވެ.
ރިިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ހިމަނައި، ދުވަހުގެ އެންމެ މުހިންމު އަދި އެންމެ އިސްކަމެއް ދޭންޖެހޭ އެއް ކެއުން ދަރިވަރުންނަށް މިވަނީ ކަށަވަރުކޮށްދީފައެވެ. ރަނގަޅަށް މެނޭޖް ނުކުރެވި ބޮއްސުންލާފައިވާ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ އަގުތަކަށްވެސް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. މިސަރުކާރުގެ އެހެން ވަޢުދުތަކެކޭ
އެއްގޮތައް އެތެރޭގެ އުދުހުން ތަކުގެ އަގު ދަށްނުކުރެވޭނެ ކަމަށް ބުނެބުނެ އޮއްވައި، ރައްޔިތުންގެ ދިގުދެމިގެން ދިޔަ މިއާދޭސްވެސް މިވަނީ ނިމުމަކަށް ގެނައުމަށް ހަރުދަނާ ނަތީޖާފެންނަ ބަދަލުތަކެއް ގެންނަވާ ފާޑުކިޔުންތެރިންގެ އަނގަ ބަންދުކޮށްލައްވާފައެވެ. އެއްގަމު ދަތުރުފަތުރު ނުވަތަ ޓެކްސީ ދަތުރުތައް އެއް އިރެއްގައި ކުރީ ޑްރައިވަރު ހިތު ހުރި ގޮތަކަށް ބޭނުން އަގަކަށެވެ. މީވެސް ދިގުލައިގެން ދިޔަ އާދޭހެކެވެ. ބިޔަ ބޮޑު ބްރިޖްއަޅާ ދަރަނީގެ ބޮޑު އަނދަވަޅަކަށް ވައްޓާލާފައި ދިޔަ ޔާމީންގެ ސަރުކާރަށްވެސް މިކަން ކުރެވުނުކަމަށް ނުވިއެވެ. ކުރެވުނުހާވެސް ކަމަކީ ބްރިޖް ދަތުރުގެ ނަމުގައި ޓެކްސީ ދަތުރުތަކުގެ އަގު އުފުލާލުމެވެ. މިކަންވެސް ވަކި ހަމައަށް ބައްޓަންކުރީ މިސަރުކާރެވެ. ދަތުރުތަކަށް ދުރުމިނަށް ބަލައި ވަކި އަގުތަކެއް ކަނޑައަޅުއްވާ މިކަންވެސްކުރީ ހަމަ ބަލަބަލައި ތިއްބައެވެ.
ރައީސް ޞާލިޙަކީ ބަހަށް ވުރެ އަމަލު ގިނަ ކުރައްވާ ތަރައްޤީ އަމަލީގޮތުން ގެނެސް ހެޔޮ ވެރިކަން ކުރައްވަން ދަންނަަ ކުޅަދާނަ ބޭފުޅެއްކަން މިވަނީ މި ކުރު މުއްދަތުގެ ތެރޭގައިވެސް ސާބިތުކޮށްދެއްވާފައެވެ. ކޮވިޑްގެ ވަބާއަކީ ދުނިޔެ މިހާތަނަށް ދެކިފައި ނުވާވަރުގެ ނުރައްކާބޮޑު އާލަމީ ވަބާއެކެވެ. މި ބަލިމަޑުކަމާވެސް ރައީސް ޞާލިޙް ކުރިމަތިލެއްވީ ޙިކްމަތްތެރިކަމާއިއެކުއެވެ. އޯގާތެރިކަން މި ދަތި ޙާލަތުގައިވެސް ހަނދުމަނެތިކޮށް ނުލައްވައެވެ. މި ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އާންމު ރައްޔިތުންނަށްކަން ދެނެވަޑައިގެން، ދަރަނިވެރިވިޔަސް، ކޮވިޑް ރިލީފް ޕެކޭޖް ނެރުއްވާ އެހީގެ އަތް ދަންމަވާލެއްވިއެވެ. ކަރަންޓާއި ފެންބިލުގެ ޑިސްކައުންޓްތަކެވެ. ވަޒީފާ ގެއްލުނު މީހުންނަށް އިންކަމް ސަޕޯޓެެވެ.
ދަރިވަރުންގެ ލޯންތައް ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނެވެ. ގެދޮރު އަޅަން ނަގާފައިވާ ލޯންތައް ފަސްކޮށްދިނެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެސްޑީއެފްސީ މެދުވެރިކޮށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި 5 އަހަރުގެ ތެރޭގައި ޚަލާޞް ކުރެވޭގޮތައް އެސްއެމްއީ ރިލީފް ލޯނެވެ. މިނޫން ވިޔަފާރިތަކަށް އިކޮނޮމިކް ސްޓިމިއުލަސްއެވެ. މިހެން ގޮސް ދެއްވި އެހީގެ ލިސްޓް ވަރަށްވެސް ދިގެވެ. އިސްކަންދެއްވީ ދަތި ޙާލަތުގައިވެސް ޤައުމުގެ އިޤްތިޞާދު އިނދަނުޖެހި ހިންގަވާށެވެ. މިއަދުވެސް މި މަސައްކަތުގައި ހުންނެވީ ސާބިތުކަމާއެކުއެވެ. މިކަން 4 ވަނަ ރާޅާއި ކުރިމަތިލާފައިވާ މިދަތި ޙާލުގައިވެސް ތަޢާރަފްކުރެއްވި އައު އިކޮނޮމިކް ޕެކޭޖްތަކުން ސާބިތުވެއެވެ. މިފަހަރުވެސް ކަރަންޓާއި ފެންބިލުން ލުއި ދެއްވިއެވެ.
އެސްއެމްއީ ރިލީފް މިފަހަރުވެސް އިހު ދިން ގޮތަށް ދެއްވަމުން އެބަ ގެންދަވައެވެ. 370 މިލިއަން ރުފިޔާގެ ސްޓިމިއުލަސް ދެވަނަ ފަހަރަށް ތަޢާރަފްކުރެއްވީ އޯގާތެރިކަމުގެ އިތުރު މިސާލު މުޅި ދުނިޔެއަށް ދައްކަމުންނެވެ. މި ދަތުރުގައި ކުށްވެރިވާކަމެއް މީހަކު ކުރަން އުޅެފިނަމަ އެއީ ކިތަންމެ އަރިސް ބޭފުޅެއްވިޔަސް، އެ ގުޅުމަށް ބެލުމެއް ނެތި އެކަން ހުއްޓުވީ އޯގާތެރިވިޔަސް ކޮރަޕްޝަނާއި ގައުމަށް ޣައްދާރުވާ ފަރާތްތަކާމެދު ގެންގުޅުއްވަނީ "ޒީރޯ ޓޮލަރެންސް"ކަން ސާބިތުކޮށްދެއްވަމުންނެވެ. "އޯގާތެރި ރައީސް"ގެ ލަޤަބު ރައީސް ޞާލިޙަށް ހައްޤުކަން އެމަނިކުފާނު މިވަނީ ކިތަންމެ ރަނގަޅަކަށްވެސް ސާބިތުކޮށްދެއްވާފައެވެ.