ކ. މާލެ
|
25 މެއި 2021 | އަންގާރަ 21:55
މާލީގެ ސިފައިން ބަޣާވާތެއް ހިންގުން
މާލީގެ ސިފައިން ބަޣާވާތެއް ހިންގުން
އަލްޖަޒީރާ
މާލީގެ ސިފައިން ބަޣާވާތްކުރުން
މާލީގެ ސިފައިން ނުކުމެ ރައީސާއި ބޮޑުވަޒީރު ހައްޔަރުކޮށްފި
ހަމަނުޖެހުން ހިންގާފައިވަނީ މިދިޔަ އަހަރުގެ ބަޣާވާތުގައި އިސްކޮށް ތިބި ސިފައިންގެ އޮފިސަރުން ސަރުކާރުން ބޭރުކުރުމުން
އދ. އާއި އެފްރިކަން ޔޫނިއަނުން ވަނީ ހައްޔަރުކޮށްފައިވާ ބޭފުޅުން ޝަރުތަކާނުލައި ދޫކޮށްލުމަށް ގޮވާލާފައި

އެފްރިކާގެ ގައުމެއް ކަމަށްވާ މާލީގެ ސިފައިން އެތާގެ އިންތިގާލީ ރައީސާއި ބޮޑުވަޒީރު ހައްޔަރުކޮށްފިއެވެ.

އދ. އާއި އެފްރިކަން ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ މާލީގެ އަސްކަރިއްޔާއިން އެގައުމުގެ އިންތިގާލީ ސަރުކާރުގެ ރައީސް ބާ އެންޑޯ އާއި ބޮޑުވަޒީރު މޮކްޓާ އާން ހައްޔަރު ކޮށްފައިވާ ކަމަށާއި، މި ދެ ބޭފުޅުން އެއްވެސް ޝަރުތަކާއި ނުލައި ވަގުތުން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ. އަދި އެ ދެ ބޭފުޅުންގެ އިސްތިއުފާ މަޖުބޫރުން ހޯދުން ފަދަ އަމަލެއް ބައިނަލްއަގްވާމީ މުޖުތަމައުން ބަލައި ނުގަންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

މާލީގެ ސަރުކާރު އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރައީސާއި ބޮޑުވަޒީރުގެ އިތުރުން ޑިފެންސް މިނިސްޓަރު ސުލެއިމާން ޑުކޯރު ވެސް ވަނީ ހައްޔަރު ކޮށްފައެވެ. މި ބޭފުޅުން ހައްޔަރު ކޮށްފައި ވަނީ ވެރިރަށް ބަމާކޯގެ ކައިރީ ހުންނަ އަސްކަރީ މަރުކަޒެއްގައެވެ.

މާލީގެ ލީޑަރުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ އޮގަސްޓު މަހު އެގައުމަށް ގެނައި އަސްކަރީ ބަޣާވަތަށްފަހު އެކުލަވާލި ސަރުކާރަށް ބަދަލުތަކެއް ގެނަސް އެ ބަޣާވާތުގައި އިސްކޮށް ތިބި ސިފައިންގެ މީހުން ސަރުކާރުން ބޭރުކުރުމާ ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް
27 މެއި 2021 | ބުރާސްފަތި 02:15
ރާގުންޑާ
މިގައުމުގަވެސް ތިހެން ހަދަންވެއްޖެ. ދެބަލާއާހުރެ ދިރިއުޅެވޭކަށް ނެތް.