ކ. މާލެ
|
25 މެއި 2021 | އަންގާރަ 19:05
ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް ސީޒަން 1 ގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދިނުމުގެ ތެރެއިން
ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް ސީޒަން 1 ގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދިނުމުގެ ތެރެއިން
ރާއްޖެއެމްވީ
ސެލެބްރިޓީ ރޭސް ސީޒަން 1
ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
 
މިއީ ސަރވައިވަލް ޝޯއެއްގެ ގޮތުގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ޝޯވ
 
ނާއްކޮއާއި ޖުމާއަށް ގްރޭންޑް ޕްރައިޒް ގޮތުގައި ޖީއެން ސައިކަލަކާއި ސްކޫޕީ ސައިކަލެއް
 
ފިލްމީ ފަންނާނުންގެ އާދަޔާ ޚިލާފު މޮޅު ހުނަރުތަކެއް ވަނީ ފެނިފައި

1442 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށް ރާއްޖެޓީވީން ގެނެސްދިން ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް ސީޒަން 1 ގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފިއެވެ.

ޔުނިމެކްސް މޯލްޑިވްސްގެ ޝޯވ ރޫމްގައި އޮތް ރަސްމިއްޔާތެއްގައި ޗެމްޕިއަން ޓީމު ކަމަށްވާ ނާޝިދާ މުހައްމަދު (ނާއްކޮ) އާއި، އިސްމާއިލް ޖުމައިހު (ޖުމާ) އާ ގްރޭންޑް ޕްރައިޒް ހަވާލުކޮށްދެއްވީ ޔުނިމެކްސް މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މިއުޝާދުއެވެ. ނާއްކޮއާއި ޖުމާއަށް ގްރޭންޑް ޕްރައިޒް ގޮތުގައި ޖީއެން ސައިކަލަކާއި، ސްކޫޕީ ސައިކަލެއް ދީފައިވެއެވެ.

މި ސީޒަނުގެ ރަނަރ އަޕް ޓީމަކަށް ޖާދު އާއި ޝަރާ ހޮވިފައިވާއިރު، 3 ވަނަ ޓީމަކަށް ހޮވިފައިވަނީ އާނަންދު އަދި ޝިފާގެ ޓީމެވެ. އަދި މި ޝޯވގެ ތެރެއިން އަނިޔާވި މަނިކުއާއި އޭނަގެ ޕާޓްނަރ އާޝާ ވަނީ މި ސީޒަނުގެ 4 ވަނައަށް ހޮވިފައެވެ.

މަނިކުއާއި އާޝާއަށް 4 ވަނަ ލިބިފައިވީނަމަވެސް، މި ސީޒަނުގެ "ބެލުންތެރިންގެ މެދުގައި އެންމެ މަގްބޫލު ޓީމް" އަކަށް ހޮވިފައިވަނީ މަނިކާއި އާޝާގެ ޓީމެވެ. މި ޓީމަށް އިނާމެއްގެ ގޮތުން 10،000 ރުފިޔާ ދީފައިވާއިރު، އެކި ވަނަތަކަށް އައި ޓީމުތަކަށްވެސް ތަފާތު އެކި އިނާމުތައް ދީފައިވެއެވެ. ސިޓީ ގާރޑެންގައި ބޭއްވި ރަސްމިއްޔާތެއްގައި ސިޓީ އިންވެސްޓްމަންޓުން ހުށައަޅާފައިވާ އަގުހުރި އިނާމުތަކާއި، ފައިސާގެ އިނާމު މި ޓީމުތަކަށް ދެއްވާފައި ވަނީ އެ ކުންފުނީގެ ޑިރެކްޓަރ، ފިނޭންސް އެންޑް އެކައުންޓްސް މުހައްމަދު ލަތީފެވެ.

ސެލެބްރިޓީ ރޭހަކީ ސަރވައިވަލް ޝޯވއެއްގެ ގޮތުގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ޝޯވ އެވެ. ދ. އަތޮޅުގެ 11 ފަޅު ރަށެއްގައި ޝޫޓުކޮށްފައިވާ މި ޝޯވ އިން ރާއްޖޭގެ މަޝްހޫރު ފިލްމީ ފަންނާނުންގެ އާދަޔާ ޚިލާފު މޮޅު ހުނަރުތަކެއް ވަނީ ފެނިފައެވެ. މި ޝޯވ ޑައިރެކްޓްކޮށް އަދި ހުށަހަޅައިދީފައިވަނީ މަޝްހޫރު ފިލްމީތަރި އަލީ ސީޒަންއާއި، ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމެވެ.

ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބިގެން ދިޔަ މި ޝޯވ ފޭސްބުކް މެދުވެރިކޮށްވެސް 3 ލައްކައަށްވުރެ ގިނަ މީހުން ބަލާފައިވާއިރު، އަންނަ އަހަރުވެސް މި ޝޯވގެ އިތުރު ސީޒަނެއް ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝޯވ ގެ ޑައިރެކްޓަރުން ކަމަށްވާ އާމިރާއި ސީޒަން މައުލޫމާތު ދެއްވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
7%
23%
3%
17%
47%
3%
ކޮމެންޓް
26 މެއި 2021 | ބުދަ 11:06
ޙުސެން
މި ކަހަލަ ކޮސް ތަޅާބަލަ. ޢެއްވެސް ކަހަލަ ކްރިއޭޓިވިޓީއެއް ނެތް ވައި އެއޗެއް. ޒުވާބު ކުރުން ކަމަކީ
25 މެއި 2021 | އަންގާރަ 19:43
ޢަމަާނީ
އަސްލު ޖީއެން ޑިޒާވްއީ ނާއްކޮއަށް.