ކ. މާލެ
|
24 މެއި 2021 | ހޯމަ 12:06
ދަރިވަރުންނަށް ކިޔަވައިދެނީ، މިބައްދަލުވުމުގެ ތެރެއިން ޓީޗަރުންގެ ހުނަރު އިތުރުވެގެންދާނެ
ދަރިވަރުންނަށް ކިޔަވައިދެނީ، މިބައްދަލުވުމުގެ ތެރެއިން ޓީޗަރުންގެ ހުނަރު އިތުރުވެގެންދާނެ
މިނިސްޓްރީ އޮފް އެޑިއުކޭޝަން
ރީޑިންގ މެޓީރިއަލް އުފެއްދުން
ރީޑިންގ މެޓީރިއަލް އުފެއްދުމުގެ ޚާއްސަ މަސައްކަތު ބައްދަލުވުމެއް ފަށައިފި
މިބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 23ން 31 އަކަށް
ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ޖުމުލަ 1983 ޓީޗަރުން ބައިވެރިވާނެ
ބައްދަލުވުން ކުރިއަށް ދަނީ 8 ބަޔަކަށް ބަހާލައިގެން

ރީޑިންގ މެޓީރިއަލް އުފެއްދުމުގެ ޚާއްސަ މަސައްކަތު ބައްދަލުވުމެއް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ފަށައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ފުރުސަތު ދެވިގެން ކުރިޔަށްގެންދާ މި މުހިންމު މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންގެ ހިތްތަކުގައި ކިޔުމުގެ ޝައުގު އުފެދޭފަދަ ފުރިހަމަ ރީޑިންގ މެޓީރިއަލް ތައްޔާރު ކޮށް ދަރިވަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

މިހިނގާ މެއި މަހުގެ 23ން 31 އަށް ކުރިޔަށްދާ މި މަސައްކަތު ބައްދަލު ވުމުގެ ބައިވެރިންނަށް މައުލޫމާތު ދެއްވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރުންނާއި އެން.އައި.އީ.ގެ ފަންނީ ގާބިލު ބޭފުޅުންނެވެ. އެގޮތުން ބައިވެރިންނަށް ފޯރުކޮށްދޭ މައުލޫމާތުގެ ބިނާ ކުރެވިފައިވަނީ، މިފަދަ ބަހުގެ އުފެއްދުމެއްގައި ހުންނަންޖެހޭ ބަހުގެ އަދަބާއި ސަގާފަތާއި، ރީތި ހަމަތަކަށް ފެތޭ ފެންވަރާ އޮއްޓަރު ހުރި އުފެއްދުމެއް އުފެއްދުމުގައި ސަމާލުކަން ދޭންވީ ކަންކަމުގެ މައްޗަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ޖުމުލަ 1983 ޓީޗަރުން ބައިވެރިވާ މި މަސައްކަތު ބައްދަލުވުން ކުރިޔަށްގެންދަނީ، މިވަގުތުގެ ޚާއްސަ ހާލަތަށް ފުރިހަމައަށް އިހުތިރާމް ކުރުމާއެކު، އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ބައިވެރިން 8 ބަޔަށް ބަހާލައިގެން އޮންލައިންކޮށް ކަމަށެވެ.

ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ މި މަސައްކަތު ބައްދަލުވުން އެންމެހާ ކަންކަން އިންތިޒާމު ކުރަނީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުންނެވެ.

- ކޮމެންޓް