ކ. މާލެ
|
17 މެއި 2021 | ހޯމަ 22:26
ޒާހިރު އާދަމް (ގައްދޫ ޒާހިރު) 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ޒާހިރު އާދަމް (ގައްދޫ ޒާހިރު) 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
މަޖިލިސް
ގައްދޫ ޒާހިރު އަވަހާރަވުން
ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަވަހާރަވެއްޖެ
ޒާހިރު ގެންދެވީ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ފަރުވާ ހޯއްދަވަމުން
ހާލުކޮޅު ދެރަވެގެން ހޮސްޕިޓަލަށް ގެންދެވުނީ ހޯމަ ދުވަހުގެ ވަގުތެއްގައި

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަވަހާރަވެއްޖެއެވެ.

ޒާހިރުގެ އާއިލާގެ ފަރާތުން ރާއްޖެ އެމްވީއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ޒާހިރުގެ ހާލުކޮޅު ގޯސްވެގެން އެމަރޖެންސީގައި އައިޖީއެމްއެޗަށް ގެންދެވި ފަރުވާ ދެވިފައިވާ ކަމަށެވެ. އާއިލާއިން ވިދާޅުވެފައިވަނީ ޒާހިރުގެ ހާލުކޮޅު ގޯސްވެފައިވަނީ ކޮވިޑުގެ ސަބަބުން ކަމަށެވެ. ޒާހިރު އަވަހާރަވި އިރު އުމުރުފުޅުން 80 އަހަރެވެ.

ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަކީ ގައްދޫ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ޒާހިރުގެ ބައްޕާފުޅެވެ. ޒާހިރު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަައްދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައެވެ. މީގެ އިތުރުން ހުވަދުއަތޮޅު ދެކުނުބުރީ މެންބަރުކަމާއި ޚާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ޒާހިރު ވަނީ ކުރައްވާފައެވެ.


Advertisement
- ކޮމެންޓް