Advertisement
ކ. މާލެ
|
10 މެއި 2017 | ބުދަ 23:51
އިއްޒަތު ވަހީދު
އިއްޒަތު ވަހީދު
ރާއްޖެއެމްވީ
ސަރުކާރުގެ ވަޒީފާ
އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓް ހޯދަދޭން އިއްޒަތުގެ ބައްޕަ މަސައްކަތް ކުރުމުން ކޯޑިނޭޓަރުކަމުން ވަކިކޮށްފި
އިއްޒަތު މަގާމުން ވަކިކުރެއްވީ ހޯމަ ދުވަހު
ފަރެސްމާތޮޑާ ދާއިރާގެ ގޮނޑިތައް އެމްޑީޕީއަށް
ދާއިރާގެ މަޖިލިސް މެންބަރު ޕީޕީއެމް

އެންވަޔަރަމެންޓް މިނިސްޓްރީގެ ކޯޑިނޭޓަރުކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި އެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ކޯޑިނޭޓަރު ކަމުގެ މަގާމުން އިއްޒަތު ވަކިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ހޯމަ ދުވަހު އެވެ.

ގދ. ފަރެސްމާތޮޑާ އަށް ނިސްބަތްވެވަޑައިގަންނަވާ އިއްޒަތު މަގާމުން ވަކިކޮށްވަނީ، ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ފަރެސްމާތޮޑާގެ ކައުންސިލަށް އެމްޑީޕީގެ ކެނޑިޑޭޓުން ހޮވުމަށް އޭނާގެ ބައްޕަ މަސައްކަތް ކޮށްފައިވާތީ ކަމަށް މައުލޫމާތު ލިބެ އެވެ.

އިއްޒަތުގެ ބައްޕައަކީ ފަރެސްމާތޮޑާގައި އެމްޑީޕީގެ ހަރަކާތްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ.

އިއްޒަތުއަކީ  ވޮލީބޯލް އެސޯސިއޭޝަންގެ ކުރީގެ ނައިބު ރައީސް އެވެ.

މިހާރުގެ ނަތީޖާ ދައްކާ ގޮތުން ފަރެސްމާތޮޑާ ކައުންސިލަށް ހޮވެނީ އެމްޑީޕީން ވާދަކުރި ތިން ކެނޑިޑޭޓުންނެވެ. 

ރައްޔިތުންގެ މަޖިލީހުގައި ފަރެސްމާތޮޑާ ދާއިރާ ތަމްސީލު ކުރައްވަނީ ޕީޕީއެމްގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. އިންތިޚާބުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރީ އެމްޑީޕީ އިންނެވެ. އެގޮތުން މީގެ ކުރިން ޕީޕީއެމްއަށް ތާއީދު އޮތް ބޮޑެތި ދާއިރާތަކެއް މި އިންތިޚާބުގައި އެ ޕާޓީއަށް ވަނީ ގެއްލިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
11 މެއި 2017 | ބުރާސްފަތި 10:51
ވަހީދު
ކޮމެންޓު ޖަހަން ކެރޭނެބާ ފަރެސްމާތޮޑާ ރައްޔަތުން ވޯޓު ދީގެން ހޮވާފަ އެތިބީ ޕީޕީއެމް 3 ގޮނޑި ޗޭ ވެގެން ނޫޅޭ
11 މެއި 2017 | ބުރާސްފަތި 10:21
ޝާހް
ތިއީވާ ފިތުނަ ފަސާދަ އުފައްދަ ނޫހެއް ލިޔަން ކިޔަން ފުރަތަމަ ދަސްކުރަންވެއްޖެ ލިޔުންަތައް ލިޔާ މީހުން ލިޔަން ކިޔަން ދަނެގެން ލިޔަންފަށަންފެނޭ. ނޫސްވެރިންނޭ ނޫސްވެރިކަމޭ ބުނާ އިރު ތިމާ މެން ލިޔާ އެއްޗެހީގެ އޮަށްޓަރެއް ނެތް ކަމާއި ދޮގު މައުލޫމާތު ފަތުރާ ހަދާކަން ހިތަށް ގެނެސްބަލަ. ތީވާ ނޫހެއް. ތިތިބީ ދެެން 2018 ކާމިޔާބު ކުރެވިފައި.
10 މެއި 2017 | ބުދަ 21:46
އައްލާ އައްޑޫ ހިތަދޫން
ވަކި ފަރުދުން ބޭއިންސާފުން މަގާމުން ވަކިކުރަނީ އިތުރު ތާއިދު ލިބިދާނެކަށް ތޯއެވެ. ވަޒީފާއިން ވަކިކޮށް މާރާލިއަސް ޔާމީނުއަށް މަގޭ ވޯޓެއްނުދޭނަމެވެ.
10 މެއި 2017 | ބުދަ 20:28
ދުންމާރި
Sarukaaruge siyaasee magaam thakuga thiben jeheynee misarukaarah thaaeedhu kuraameehun emeehaage bahpa noomee manma thaaeedhu kureytho balaanekameh neh