ކ. މާލެ
|
16 މެއި 2021 | އާދީއްތަ 08:32
އިސްރާއީލުން ފަލަސްތީނަށް ހަމަލާ ދެމުން ދިޔައިރު ކުޑަކުއްޖަކު މަގުމަތީގައި ގޮތްހުސްވެފައި ވަނިކޮށް
އިސްރާއީލުން ފަލަސްތީނަށް ހަމަލާ ދެމުން ދިޔައިރު ކުޑަކުއްޖަކު މަގުމަތީގައި ގޮތްހުސްވެފައި ވަނިކޮށް
އަލްޖަޒީރާ
އިސްރާއީލުގެ އުދުވާން
މިކުއްޖާގެ މަގްސަދަކީ މީހުން މަރުން ސަލާމަތްކުުރުން
 
ފަލަސްތީނުގެ ކުޑަކުދިން ޔަހޫދީ ސިފައިންގެ ކުރިމަތީގައި ދައްކާ ހިތްވަރަށް އެތަށް ބަޔަކު ދަނީ ތައުރީފު ކުރަމުން
 
މި އަންހެން ކުއްޖާ ހުރީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް

އިސްރާއީލުގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި އެތައް އާއިލާއެއް ވަނީ ހާލުގައި ޖެހިފައެވެ. އެތައް ބަޔަކު ޝަހީދު ކޮށްލާފައިވާއިރު، މި ހަމަލާތަކުގައި އަނިޔާވެފައިވާ މީހުންގެ އަދަދު އެތައް ސަތޭކައަކަށް ކޮންމެ ދުވަހަކުވެސް އަރައެވެ. ފަލަސްތީނު ރައްޔިތުންގެ ހިތްވަރު މުޅި ދުނިޔެއަށް މިއަދު ދައްކައިދެނީ ކުޑަކުދިންގެ ބަސްތަކުންނެވެ. މީގެ ކުރިން 2014 ވަނަ އަހަރު ގާޒާއަށް އިސްރާއީލު ދިން ހަމަލާތަކުގައިވެސް ފަލަސްތީނުގެ ކުޑަކުދިން އެ ހިތްވަރު ދައްކައިދިނެވެ.

މީސްމީޑިއާއަށް ހޮނިހިރު ދުވަހު އާންމުވި އުމުރުން 10 އަހަރުގެ ފަލަސްތީނުގެ ކުޑަކުއްޖާގެ ވީޑިއޯއަކަށް އެތައް ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ކީއްގެންވެ ހެއްޔެވެ؟ މި އަންހެން ކުއްޖާ އެހެރީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށެވެ. އިސްރާއީލުން ރެޔާއި ދުވާލު ގާޒާއަށް ބޮން އަޅަމުން ދާއިރުވެސް މިކުއްޖާ ހުރީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވެދޭން ބޭނުންވެފައެވެ. އަމިއްލަ ރަށް ދޫކޮށް ސަލާމަތީ ހިސާބަކަށް ދިއުމަށް ބޭނުމެއްވެސް ނޫނެވެ.

މި ކުއްޖާ ބުނީ ބޭނުންވަނީ ރައްޔިތުންގެ ހައްގުގައި ޑޮކްޓަރަކަށް ވުމަށެވެ. ބިރުގަނެއެވެ. އެކަމަކު އިސްރާއީލުގެ އަނިޔާތަކަށް ކެތްކޮށްގެން މި ހަމަލާތަކުގައި އަނިޔާވާ މީހުންގެ ޚިދުމަތުގައި ހުންނަން ބޭނުންވެއެވެ. އުމުރުން ކިތަންމެ ހަގެއް ކަމަކު ރައްޔިތުންނަށް އެހީވާން ބޭނުން ކަމަށް މި ކުއްޖާ ބުނެއެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ އެތަކެއް ކުޑަކުދިންވެސް ވަނީ ޝަހީދުވެފައެވެ. މީސްމީޑިއާގައި ފަލަސްތީނުގެ ކުދިން އިސްރާއީލުގެ ސިފައިންނާ ކުރިމަތިލާ ވީޑިއޯތައް އާންމުވެފައިވާއިރު، ކުޑަކުދިންގެ ހިތްވަރަށް މުސްލިމު އުންމަތް އަންނަނީ ސަނާ ކިޔަމުންނެވެ. ފަލަސްތީނުގެ ކުޑަ ކުދިންގެ ތެރެއިން ދުނިޔޭގެ އުމުރުން އެންމެ ހަގު ނޫސްވެރިޔާވެސް އަންނަނީ އިސްރާއީލުގެ ހަމަލާތަކުގެ ތަފުސީލު ދުނިޔޭގެ މީޑިއާތަކަށް ތިލަ ކޮށްދެމުންނެވެ. ފަލަސްތީނުގެ މުޖާހިދުންނަށް އަމާޒުކޮށް ކަމަށް ބުނެ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ ސިޓީގެ އިމާރާތްތައް ދަނީ ބިމާ ހަމަކުރަމުންނެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި މޭމަހުގެ 14 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ގާޒާއަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް 119ށް ވުރެ ގިނަ މީހުން ޝަހީދު ވެފައިވެއެވެ. މީގެ ތެރޭގައި 30ށް ވުރެ ގިނަ ކުޑަކުދިންނާ 19 އަންހެނަކުވެސް ހިމެނެއެވެ. މިހާތަނަށް 830ށް ވުރެ ގިނަ މީހުން ޒަޚަމްވެފައި ވާކަމަށްވެސް ހާމަކޮށްފައި ވެއެވެ. މި ހަމަލާތަކުގައި ފައިޓަރ ޖެޓްތައް ވެސް ދަނީ ބޭނުން ކުރަމުންނެވެ.

އިސްރާއީލުން މެދުކެނޑުމެއްނެތި ގާޒާއަށް ވައިގެ މަގުންނާއި އެއްގަމު މަގުން އަދި ކަނޑު މަގުން ދެމުން ގެންދާ ހަމަލާތަކުން ސަލާމަތްވުމަށް ގެދޮރު ދޫކޮށްދާން ފަލަސްތީނުގެ 10،000ށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާކަމަށް އދ.ން ވަނީ ބުނެފައެވެ. ހަމަލާތަކުން ސަލާމަތްވުމަށް އެތައް އާއިލާއެއް ހިޔާވަހިކަން ހޯދަމުން އަންނަނީ ގާޒާގެ އުތުރުގައި ހުންނަ އދ.ން ހިންގަމުންދާ ސްކޫލްތަކުގައެވެ. އެތަންތަނުގައި ފަލަސްތީނުގެ 10،000 މީހުން އެބަތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
10%
26%
56%
3%
0%
5%
ކޮމެންޓް
17 މެއި 2021 | ހޯމަ 11:45
ޙަބީބު
ކޮބާ އދ ގެ ފައުޖުތައް ބަސްނާހާ އިޒުރޭލާ ދެކޮޅައް ބާރުގެބެނުން ކުރާކައް ނުކެރި ބަލަންތިޔަތިބެނީ ސަޢޫދީ އަރަބިއްޔާވެސް ނިދާފަ ތުރުކިޔާ އިރާނާއެކުނިކުމެ މިދުނިޔެއިން ތިޔަހަހޫދީން ފޮހެލަބަލަ