ކ. މާލެ
|
9 މެއި 2017 | އަންގާރަ 14:36
އެމެރިކަން އައިޑޮލްގެ އެކި ސީޒަންތައް ހާސިލްކޮށްފައިވާ ބައެއް މީހުން
އެމެރިކަން އައިޑޮލްގެ އެކި ސީޒަންތައް ހާސިލްކޮށްފައިވާ ބައެއް މީހުން
ގޫގުލް
އެމެރިކަން އައިޑޮލް
"އެމެރިކަން އައިޑޮލް" އަލުން ގެނައުމުގެ މަސައްކަތް ފަށައިފި
 
"އެމެރިކަން އައިޑޮލް" އަލުން ދައްކަން ފަށާނީ އޭބީސީ މެދުވެރިކޮށް

"އެމެރިކަން އައިޑޮލް" ގެނައުމުގެ މަސައްކަތް އަލުން ފަށއިފިއެވެ. ކުރިން ފޮކްސް ނިއުސް އިން މެދުކެނޑުމެއްނެތި 15 އެޕިސޯޑް ގެނެސްދިނުމަށްފަހު އެ ޝޯ ނިންމާލީ ޝޯ ގެނެސްދިން ކުންފުނި ބަނގުރޫޓު ވުމުންނެވެ.

އެމެރިކަން އައިޑޮލް އުފައްދާ "ކޯމީޑިޔާ ގްރޫޕް"އަށް ބޮޑެތި މާލީ މައްސަލަތަކެއް ކުރިމަތިވެ އެ ކުންފުނި ބޭންކްރަޕްޓް ވެއްޖެކަން އެ ކުންފުނިން އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

"އެމެރިކަން އައިޑޮލް" އަލުން ދައްކަން ފަށާނީ އޭބީސީ މެދުވެރިކޮށެވެ.

ފްރެމެންޓްލް މީޑިއާއާ ގުޅިގެން އޭބީސީއިން އަންނަނީ އެ ޝޯ އަނބުރާ ޓީވީއަށް ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވަމުންނެވެ. މިއަންނަ އަހަރު މާޗް މަހުގެ ތެރޭގައި ފެށުމަށް ހަމަޖައްސަމުންދާ މި ޝޯގެ އެއްބަސްވުމުގައި ސޮއިކުރުމާއެކު އެ މުބާރާތުގެ މަސައްކަތް ފަށާނެއެވެ. އައިޑޮލް ދައްކަމުން އައި ފޮކްސް ޗެނަލްގެ އެއްވަނަ ޝޯގެ ގޮތުގައި 2012 ވަނަ އަހަރާއި ހަމައަށް "އެމެރިކަން އައިޑޮލް" އޮތެވެ.

އެމެރިކަން އައިޑަލް އިން އެންމެ ފުރަތަމަ ކާމިޔާބުކޮށްފައި ވަނީ މިހާރުގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ކެލީ ކްލާކްސަންއެވެ.
މަޝްހޫރު ލަވަކިއުންތެރިން ކަމަށްވާ ކެރީ އަންޑަވުޑް، ޖޯޑިން ސްޕާކްސް، ކެލީ ކްލާކްސަންގެ ކެރިއާ ފަށާފައިވަނީ އެމެރިކަން އައިޑޮލްގެ ސްޓޭޖުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް