ކ. މާލެ
|
2 މެއި 2017 | އަންގާރަ 20:00
އުތުރު ކޮރެއާ އިން އެގައުމުގެ އަސްކަރީ ބާރު ދައްކާލުމަށް ބޭއްވި ޕެރޭޑެއްގެ ތެރެއިން
އުތުރު ކޮރެއާ އިން އެގައުމުގެ އަސްކަރީ ބާރު ދައްކާލުމަށް ބޭއްވި ޕެރޭޑެއްގެ ތެރެއިން
ރޮއިޓަރސް
އުތުރު ކޮރެއާ-އެމެރިކާ
އެމެރިކާ އިން އުޅެނީ ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން: އުތުރު ކޮރެއާ
 
ދެކޮރެއާ ސަރަހައްދު ވަނީ ވަރަށް ހަލަބޮލިވެފައި

ދެކޮރެއާ ސަރަހައްދު އެމެރިކާ އިން ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން އުޅޭ ކަމަށް އަންގާރަ ދުވަހު އުތުރު ކޮރެއާ އިން ބުނެފިއެވެ.

އުތުރު ކޮރެއާ އިން އަންގާރަ ދުވަހު މިހެން ބުނީ ދެކޮރެއާ ސަރަހައްދުގައި އެމެރިކާގެ ބޮންއަޅާ ބޯޓުތަކުން ދެކުނު ކޮރެއާ އާއި ޖަޕާނުގެ އެއާފޯސްއާއި އެކު ބޭއްވި ޓްރެއިނިން ޑްރިލްތަކަށް ފާޑުކިޔަމުންނެވެ.

އުތުރު ކޮރެއާ އިން އެމެރިކާ އަށް ފާޑުކީއިރު އެމެރިކާގެ ރައިސް ޑޮނަލްޑް ޓްރަމްޕް ވަނީ އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން އާ ބައްދަލު ކުރުމަށް ތައްޔާރު ކަމަށް ވިދާޅުވެފައެވެ. އުތުރު ކޮރެއާގެ ލީޑަރާ ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވުމުން، ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ޤައުމުގެ ލީޑަރުންގެ ބައްދަލުވުމަކަށް ދާން ބޭނުންނަމަ އެމެރިކާގެ ގިނަ ޝަރުތުތަކަކަށް އުތުރު ކޮރެއާ އިން އެއްބަސްވާން ޖެހޭނެ ކަމަށެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ޝޯން ސްޕައިސަރ ވިދާޅުވީ އުތުރު ކޮރެއާގެ ރުޅިވެރި އަމަލުތައް ވަގުތުން ހުއްޓާލުމަށް ވޮޝިންޓަނުން ބޭނުންވާ ކަމަށެވެ.

 ބައިނަލްއަގްވާމީ ގޮތުން އުތުރު ކޮރެއާ އަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންދާއިރު އުތުރު ކޮރެއާ އިން އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. އުތުރު ކޮރެއާ އިން އަބަދުވެސް ބުނަމުން ދަނީ ނިއުކްލިއާ ޓެސްޓްތައް ކުރުން މަތީ ދެމިތިބޭނެ ކަމަށެވެ.

ދެކޮރެއާ ސަރަހައްދު ހަލަބޮލިވެފައިވާއިރު، އުތުރު ކޮރެއާ އިން ހަވަނަ ނިއުކްލިއާ ޓެސްޓެއް ކޮށްފާނެ ކަމަށް ވަނީ ބެލެވިފައެވެ.

 

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
0%
0%
0%
0%
0%
0%
ކޮމެންޓް