ކ. މާލެ
|
1 މެއި 2017 | ހޯމަ 13:33
ޕްރިޔަންކާ ޗޮޕްރާއާއި ރޮކް ބޭ ވޮޗްގެ މަންޒަރެއްގައި
ޕްރިޔަންކާ ޗޮޕްރާއާއި ރޮކް ބޭ ވޮޗްގެ މަންޒަރެއްގައި
ފޭސްބުކް
ބޭވޮޗް
"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ
 
އިންޑިއާގައި ޕްރިމިއާ ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ

ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޮޕްރާގެ ފިލްމު "ބޭވޮޗް" ފިލްމް ސިނަމާ އަށް އަންނަ އިރު އެ ފިލްމު  އިންޑިއާގައި ޕްރިމިއާކުރުމާ ދޭތެރޭ އަދި ގޮތެއް ނުނިންމާކަމަށް ބުނެފިއެވެ.

މެއި 25 ގައި ސިނަމާތަކަށް އަންނަ "ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެ ކަމެއް ނޭގުނު ނަމަވެސް އެ ފިލްމު ޕްރިމިއާ ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމަށް ޕްރިޔަންކާ ބުނެފައި ވެއެވެ. 

އޭނާ ބުނީ ފިލްމުގެ މައިގަނޑު ކާސްޓާއި ޑައިރެކްޓަރާ އެކު އިންޑިއާގައި ކުލަގަދަ ޕްރިމިއާއެއް ބޭއްވޭތޯ އަމިއްލަ ގޮތުން މަސައްކަތް ކުރާނެ ކަމަށެވެ. އޭނާ ބުނީ "ބޭވޮޗް" މާކެޓިން ކުރިއަށް ގެންދާނީ ޕެރަމައުންޓުން ކަމަށްވާތީ އެ މީހުންގެ ޕްލޭން އޮތް ގޮތެއް އަދި ސާފު ނޫން ކަމަށެވެ.

ސެތު ގޯޑެން ޑައިރެކްޓްކޮށް، ޑްވޭން ޖޯންސަން (ރޮކް) އާއި ޒެކް އެފްރޯން، އެލެގްޒެންޑާ ޑަޑާރިއޯ ފަދަ ތަރިން ފެނިގެންދާ "ބޭވޮޗް" ގައި ޕްރިޔަންކާ ކުޅެފައި ވަނީ ވިކްޓޯރިއާ ލީޑްސް ކިޔާ ވިލަންއެއްގެ ރޯލެވެ. މި ފިލްމުގެ އެކްޓަރ ރޮކް ބުނެފައިވަނީ "ބޭވޮޗް"ގެ ރީތިކަމާއި މަޖާކަން ހަމަހަމަ ކުރުމަކީ އުދަގޫ ކަމެއް ކަމަށާއި އެހެންކަމުން "ބޭވޮޗް" އަށް އެންމެ ރަނގަޅު ޗޮއިސް އަކީ ޕްރިޔަންކާ ކަމަށެވެ.

ޕްރިޔަންކާ އޭނާގެ ރޯލާމެދު ވާހަކަ ދައްކަމުން ބުނެފައިވަނީ އޭނާ އަށް "ކުއެންޓިކޯ" ގެ ފަހުން ގިނަ ރޯލުތަކެއް ކުޅުމުގެ ފުރުސަތު ލިބުނު ކަމަށާއި އެހެންނަމަވެސް ކުޑައިރުއްސުރެ ބަލަމުން އައި ސީރީޒް އެއްގެ މައްޗަށް ބިނާކޮށްގެން ކުޅޭ ފިލްމެއްގައި ނުބައި ބައި ކުޅެން ފުރުސަތު ލިބުމުން އެއަށް ނޫނެކޭ ނުބުނެވުނީ ކަމަށެވެ.

މި އަހަރުގެ ޖެނުއަރީ މަހު ދީޕިކާ ޕަދްކޯން ވަނީ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމް "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ވަރަށް ކުލަގަދަކޮށް އިންޑިއާގައި ޕްރިމިއާކޮށްފަ އެވެ. ފިލްމުގެ ޑައިރެކްޓަރު ޑީޖޭ ކަރޫސޯ އާއި އެކްޓަރު ވިން ޑީސަލް މުމްބާއީ އަށް އޭރު ދިޔަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް