ކ. މާލެ
|
26 ޖެނުއަރީ 2021 | އަންގާރަ 09:05
ޗައިނާގެ މިލިޓަރީ ޖެޓު ތަކެއް
ޗައިނާގެ މިލިޓަރީ ޖެޓު ތަކެއް
އިންޑިއާ ޓައިމްސް
ޗައިނާ، ޓައިވާން ގުޅުން
ޗައިނާ ސިފައިންގެ ހުއްދައާ ނުލާ ޓައިވާނުގެ ބޯޑަރު ތެރެއަށް!
 
ޗައިނާއިން ވަނީ ޓައިވާނަކީ އެގައުމުގެ ބައެއް ކަމަށް ބުނެފައި

ޗައިނާ ސިފައިންގެ އުޅަނދުތަކެއް ޓައިވާނުގެ ހުއްދައާ ނުލައި އެގައުމުގެ ބޯޑަރުން އެތެރެވެފައިވާ ކަމަށް އެގައުމުގެ ދިފާޢީ ބާރުން ބުނެފިއެވެ.

ޓައިވާނުގެ ދިފާޢީ ބާރުން ބުނީ އެގައުމުގެ ހުއްދައާ ނުލައި ޗައިނާ ސިފައިންގެ 8 ބޮމްބަރ ފްލައިޓަރ ހަތަރު ފައިޓާ ޖެޓު ބޯޑަރު ހުރަސްކުރި ކަމަށެވެ. ޓައިވާނުން ބުނީ ޗައިނާގެ ފިއްތުންތަކާއެކު އެގައުމުގެ އެއަރ ޑިފެންސް އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށާއި، ކުރިޔަށް އޮތް ތަނުގައި އެގައުމުގެ ހުއްދައާ ނުލައި ބޯޑަރު ހުރަސްކުރާ މިލިޓަރީ ޖެޓުތައް ވައްޓާލާނެ ކަމަށެވެ.

ޓައިވާނުން މިހެން ބުނިއިރު ޗައިނާއިން ވަނީ ޓައިވާނަކީ އެގައުމުގެ ބައެއް ކަމަށް ބުނެފައެވެ. އަދި ޗައިނާގެ ސިފައިންނަށް ޓައިވާނަށް ހުއްދައަކާ ނުލައި އެރޭނެ ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

ޗައިނާގެ ފިއްތުންތަކާއެކު ޓައިވާނުން ވަނީ ނިއުކިލިޔަރ ގޮތުން އެގައުމަށް ލިބިފައިހުރި ބާރުގެ ބޭނުން ހިފަން ޖެހިދާނެ ކަމަށް ބުނެ ޗައިނާއަށް ވަރުގަދަ ރައްދެއް ދީފައެވެ. އެއާއެކު ޗައިނާގެ ސިފައިންގެ ފިއްތުންތައް ވަނީ މަދުވެފައެވެ. އަދި ޓައިވާނުން ވަނީ އެމެރިކާއާއެކު އެގައުމުގެ އެއަރ ޑިފެންސް ވަރުގަދަ ކުރުމުގެ ޕްރޮޖެކްޓްތަކެއް ކުރިޔަށް ގެންގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
5%
11%
21%
5%
26%
32%
ކޮމެންޓް
27 ޖެނުއަރީ 2021 | ބުދަ 15:47
ސަންފާ
ކަޝްމީރު އިންޑިޔާގެ އަތްދަށުން މިނިވަން ކޮށްދީބަލަ..
27 ޖެނުއަރީ 2021 | ބުދަ 08:45
ދިވެހި1
suruhI Bala
26 ޖެނުއަރީ 2021 | އަންގާރަ 09:49
ސަންފަ
ކަޝްމީރުގެ ފަހުގެ ހަބަރުތައް ގެނެސްދީބަލަ