ކ. މާލެ
|
25 ޖެނުއަރީ 2021 | ހޯމަ 15:36
ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ
ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ
ރޮއިޓަރސް
ކޮވިޑް-19 ފްރާންސްގެ ހާލަތު
ފްރާންސްގެ ހާލަތު ކަންބޮޑުވާ މިންވަރަށް ގޯސް-ހެލްތް ރެގިއުލޭޓަރީ ބޮޑީ
 
ފްރާންސްއަކީ މުޅި ދުނިޔެއިން ހަތް ވަނައަށް ކޮވިޑްގެ ސަބަބުން މީހުން މަރުވެފައިވާ ގައުމު
 
ފްރާންސްގައި މިހާރުވެސް އިރުއޮއްސި ހަޔަކުން ހެނދުނު ހަޔަކަށް ކަރފިއު ހިންގަމުން ދޭ
 
ސައިންޓިފިކް ކައުންސިލުން ވެސް އިރުޝާދު ދެމުން ދަނީ އެގައުމު ލޮކްޑައުން ކުރުމަށް

ފްރާންސްގައި ކޮވިޑް-19ގެ ހާލަތު ކަންބޮޑުވާންޖެހޭ މިންވަރަށް ގޯސްވެފައި ވާކަމަށް އެގައުމުގެ ހެލްތް ރެގިއުލޭޓަރީ ބޮޑީގެ ވެރިޔާ ޑޮމިނިކް ވިދާޅުވެއްޖެއެވެ.

ހެލްތް ރެގިއުލޭޓަރީ ބޮޑީން ހޯމަ ދުވަހު ބުނީ އެގައުމުގެ ރައީސް އިމެނުއަލް މެކްރުންގެ ސަރުކާރުން ލޮކްޑައުންއަކަށް ދިއުމާމެދު މަޝްވަރާ ކުރެވެމުން ދާކަމަށެވެ.

ޑޮމިނިކް ވިދާޅުވީ މި ދަނޑިވަޅު ހުރިހާ ކަމެއްވެސް ނިންމަންވާނީ ވަރަށް ވިސްނައިގެން ކަމަށާއި, ވީހާވެސް އަވަހަށް ކޮވިޑާ ދެކޮޅަށް އިތުރު، އަދި ވަރުގަދަ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. ހެލްތް ރެގިއުލޭޓަރީ ބޮޑީގެ އިތުރުން ސައިންޓފިކް ކައުންސިލުން ވެސް އިރުޝާދު ދެމުން ދަނީ އެގައުމު ތިންވަނަ ފަހަރަށް ލޮކްޑައުން ކުރުމަށެވެ.

ފްރާންސްގައި މިހާރުވެސް އިރުއޮއްސި ހަޔަކުން ހެނދުނު ހަޔަކަށް ކަރފިއު ހިންގަމުން ދާއިރު އެގައުމުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް އެގައުމުން ބުނެއެވެ.

ފްރާންސްއަކީ މުޅި ދުނިޔެއިން ހަތް ވަނައަށް ކޮވިޑްގެ ސަބަބުން މީހުން މަރުވެފައިވާ ގައުމަށް ވާއިރު އެގަމުގައި މިބަލި ޖެހިގެން 73،000ށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
50%
0%
50%
0%
0%
0%
ކޮމެންޓް