ކ. މާލެ
|
24 ޖެނުއަރީ 2021 | އާދީއްތަ 15:10
މިސްރުގެ ރައީސް އަބްދުލް ފަތާހް އަލްސީސީ
މިސްރުގެ ރައީސް އަބްދުލް ފަތާހް އަލްސީސީ
ނޯތް ޕްރެސް އެޖެންސީ
ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރުން
އިތުރު ތިން މަހަށް މިސްރުގައި ކުއްލި ނުރައްކަލުގެ ހާލަތު ދިގުދައްމާލައިފި
 
ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައިވަނީ 2017 ވަނަ އަހަރު ދިން ޓެރަރިޒަމް ހަމަލާތަކާ ގުޅިގެން
 
ކުއްލި ނުރައްކަލުގެ ހާލަތު ދިގުދައްމާލުމަށް ގާނޫނު ހަދާ މަޖިލީހުގެ ރުހުން ބުރާސްފަތި ދުވަހު ދީފައިވޭ
 
ޓެރަރިޒަމްއާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަކުރާނެ

އިތުރު ތިން މަހަށް މިސްރުގައި ކުއްލި ނުރައްކަލުގެ ހާލަތު ދިގުދައްމާލައިފިއެވެ.

މިސްރުގެ ރައީސް އަބްދުލް ފަތާހް އަލްސީސީ ވިދާޅުވީ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަހަށް ކުއްލި ނުރައްކަލުގެ ހާލަތު ދިގުދައްމާލާފައިވާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ދިގުދައްމާލުމާ ގުޅިގެން ،ބަލިމަޑުކަމުން ރައްޔިތުން ރައްކާތެރިކުރުމުގެ ގޮތުންނާއި ސަލާމާތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެއެވެ.

މީގެ އިތުރުން މިސްރުގެ ސިފައިން ޓެރަރިޒަމްއާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަކޮށް ކަންކަން މޮނިޓަރ ކުރަމުންދާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މިސްރުގެ ގާނޫނުގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އިޢުލާން ކުރި ނަމަވެސް އަމަލުކުރަން ފަށާނީ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުންނެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތު ދިގުދައްމާލުމަށް ގާނޫނު ހަދާ މަޖިލީހުގެ ރުހުން ބުރާސްފަތި ދުވަހު ދީފައިވެއެވެ.

10 އޭޕްރީލް 2017 ގައި މިސްރުގެ ދެ ފައްޅިއަކަށް ދިން ހަމަލާއެއްގައި 44 މީހުން މަރުވި ހާދިސާތަކަށް ފަހު އިޢުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު ދަނީ ދިގު ދައްމަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް