ކ. މާލެ
|
23 ޖެނުއަރީ 2021 | ހޮނިހިރު 08:02
ޗައިނާގެ ހާރިޖީ ވަޒީރު ޝާހު މަޙްމޫދު ގުރޭޝީ، ޗައިނާ ސަރުކާރުން ކޮވިޑްގެ ވެކްސިން ހަދިޔާ ކުރަން ނިންމި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ޕާކިސްތާން ހިމެނޭ
ޗައިނާގެ ހާރިޖީ ވަޒީރު ޝާހު މަޙްމޫދު ގުރޭޝީ، ޗައިނާ ސަރުކާރުން ކޮވިޑްގެ ވެކްސިން ހަދިޔާ ކުރަން ނިންމި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ޕާކިސްތާން ހިމެނޭ
ރޮއިޓަރސް
ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން
ޗައިނާއިން ޕާކިސްތާނަށް ފަސް ލައްކަ ޑޯޒުގެ ވެކްސިން ހަދިޔާ ކުރާނެ - ގުރޭޝީ
 
ޗައިނާގެ ސައިނޯފާމްއިން އުފެއްދި ކޮވިޑްގެ ވެކްސިން 79.3 ޕަސެންޓް ރައްކާތެރި
 
ޗައިނާ ސަރުކާރުން ފޯރުކޮށްދޭ ވެކްސިނަކީ ހިލޭ އެހީގެ ދަށުން ފޯރުކޮށްދޭ ވެކްސިން

ޗައިނާއިން ޕާކިސްތާނަށް ކޮވިޑް-19ގެ ފަސްލައްކަ ޑޯޒުގެ ވެކްސިން ހަދިޔާކުރަން ނިންމާފައިވާ ކަމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހު މަޙްމޫދު ގުރޭޝީ ވިދާޅުވެއްޖެއެވެ.

ގުރައިޝީ މިހެން ވިދާޅުވިއިރު، ޕާކިސްތާނުގެ ސިއްހަތާބެހޭ ވުޒާރާއިން ވަނީ ޗައިނާގެ ސައިނޯފާމުގެ ސަބްސިޑަރީއެއް ކަމަށްވާ ބެއިޖިން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސްއިން އުފެއްދި ކޮވިޑްގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަދީފައެވެ.

ޕާކިސްތާނުގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ގުރޭޝީ ވިދާޅުވީ މި މަހު 31ގެ ކުރިން ޕާކިސްތާނަށް ވެކްސިންގެ 500،000 (ފަސްލައްކަ) ޑޯޒުގެ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުން ދީފައިވާ ކަމަށާއި، އެހެންކަމުން އެކަމަށްވާން ޖެހޭ ތައްޔާރީތައް ޕާކިސްތާނުން މިހާރު ވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ގުރޭޝީ ވިދާޅުވީ ޗައިނާ ސަރުކާރުން ފޯރުކޮށްދޭ ވެކްސިނަކީ ހިލޭ އެހީގެ ދަށުން ފޯރުކޮށްދޭ ވެކްސިން ކަމަށް ވިދާޅުވެފައެވެ. އަދި މި ކަމުން ދައްކުވައިދެނީ ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން ކަމަށާއި، ޗައިނާ ސަރުކާރުން އެންމެ ފުރަތަމަ އެހީވާން ނިންމި ގައުމުތަކުގެ ތެރޭގައި ޕާކިސްތާނު ހިމެނޭ ކަމަށެވެ.

ޗައިނާގެ ސައިނޯފާމްއިން އުފެއްދި ކޮވިޑްގެ ވެކްސިން 79.3 ޕަސެންޓް ރައްކާތެރިކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ އޭޝިޔާގެ ގިނަ ގައުމުތަކުން މިހާރު ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް