ކ. މާލެ
|
22 ޖެނުއަރީ 2021 | ހުކުރު 22:48
ބީއެމްއެލް ކަސްޓަމަރުންނަށް ޚިދުމަތް ދެނީ- ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގ ގިނަ ބަޔަކު ބޭނުން ކުރޭ
ބީއެމްއެލް ކަސްޓަމަރުންނަށް ޚިދުމަތް ދެނީ- ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގ ގިނަ ބަޔަކު ބޭނުން ކުރޭ
ބީއެމްއެލް
ބީއެމްއެލް އިންޓަރނެޓް ބޭންކިންގ
މިރޭ މެންދަމު ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ޚިދުމަތަށް ބުރޫ އަރާފާނެ
 
ޚިދުމަތަށް ބުރޫއަރަނީ މެއިންޓެނެންސް މަސައްކަތްތަކެއް ކުރިއަށްދާތީ
 
ހުކުރު ދުވަހުގެރޭ މެންދަމު 01:30ން ފެށިގެން 03:30އާ ދެމެދު ޚިދުމަތްތަކަށް ބުރޫ އަރާފާނެ
 
ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ބީއެމްއެލްއިން ވަނީ މާފަށް އެދިފައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަރނެޓް ބޭންކިންގ ޚިދުމަތަށް ބުރޫ އަރާނެ ކަމަށް ބެލެވޭ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި މެއިންޓެނެންސް މަސައްކަތްތަކެއް ކުރިއަށްދާތީ ހުކުރު ދުވަހުގެރޭ މެންދަމު 01:30ން ފެށިގެން 03:30އާ ދެމެދު ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގ ޚިދުމަތަށް ބުރޫ އަރާނެކަމަށް ބެލެވެއެވެ.

ބީއެމްއެލްއިން ބުނީ، މެއިންޓެނެންސް މަސައްކަތް އެގަޑީގައި ކުރިއަށް ގެންދިއުމަށް ނިންމީ ކަސްޓަމަރުން ވީހާވެސް މަދުން ޚިދުމަތް ހޯދާ ގަޑިއެއް ހިޔާރު ކުރުމަށް ކަމަށެވެ. އަދި އެކަމާ ގުޅިގެން ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ބީއެމްއެލްއިން ވަނީ މާފަށް އެދިފައެވެ.

ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގ ޚިދުމަތް ގިނަ ބަޔަކު ބޭނުން ކުރެއެވެ. އެގޮތުން ފައިސާ ޓްރާންސްފަރ ކުރުމާއި، އެކައުންޓް ބެލެންސް ޗެކް ކުރުމާއި، ލޯނަށް ފައިސާ ދެއްކުމުގެ އިތުރުން، އޮންލައިންކޮށް ބައެއް ޚިދުމަތްތަކަށް އެދުމަށްވެސް ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގ ޚިދުމަތް ބޭނުން ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
100%
0%
0%
0%
0%
ކޮމެންޓް