ކ. މާލެ
|
8 ޖެނުއަރީ 2021 | ހުކުރު 18:08
ޔޫއޭއީ އާއި ގަތަރާއި ދެމެދު ވެވުނު މި އެއްބަސްވުމުގެ ސަބަބަުން، ގަލްފު އަދި އަރަބި ގައުމުތަކުގެ އިތުރުން މުސްލިމު ގައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ
ޔޫއޭއީ އާއި ގަތަރާއި ދެމެދު ވެވުނު މި އެއްބަސްވުމުގެ ސަބަބަުން، ގަލްފު އަދި އަރަބި ގައުމުތަކުގެ އިތުރުން މުސްލިމު ގައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ
ޔޫއޭއީ އާއި ގަތަރުގެ ގުޅުން
ޔޫއޭއީގެ ބޯޑަރުތައް ގަތަރަށް ހުޅުވާލަނީ
 
ޔުއޭއީ އާއި ގަތަރާއި ދެމެދު އެއްބަސް ވުމަކަށް ވަނީ އައިސްފައި
 
ޔޫއޭއީގެ ވައިގެ ބޯޑަރު، ކަނޑުގެ ބޯޑަރު އަދި އެއްގަމު ބޯޑަރު ގަތަރަށް ހުޅުވާލަން ވަނީ ނިންމާފައި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ބޯޑަރުތައް ގަތަރަށް ހުޅުވާލުމަށް އެގައުމުން ނިންމައިފިއެވެ.

ޔޫއޭއީގެ ބޯޑަރުތައް 2017 ވަނަ އަހަރުގެ ޖޫން ފަސް ވަނަ ދުވަހު ގަތަރަށް ބަންދުކޮށްފައި އޮންނަތާ ހަތަރު އަހަރުވާން ކައިރިވެފައި ވަނިކޮށް އެގައުމުގެ ވައިގެ ބޯޑަރު، ކަނޑުގެ ބޯޑަރު އަދި އެއްގަމު ބޯޑަރު ގަތަރަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ވިދާޅުވެފައި ވަނީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ އަންޑަރސެކްރެޓަރީ ޚާލިދް އަބްދުﷲއެވެ.

އެގޮތުން ޔޫއޭއީގެ ބޯޑަރުތައް ހުޅުވާލަން ނިންމާފައި މިވަނީ ޔޫއޭއީ އާއި ގަތަރާއި ދެމެދު ވެވުނު "އަލް އުލާ ޑިކްލެރޭޝަން" އެއްބަސްވުމުގެ ސަބަބުންނެވެ.

ސައުދީ ގެޒެޓުގައި ރިޕޯޓްކޮށްފައިވާ ގޮތުން ޔޫއޭއީގެ ކަމާބެހޭ އިދާރާތަކަށް މިކަން އަންގައި ގަތަރަށް ބޯޑަރު ހުޅުވާލެވިގެން ދާނީ ޖެނުއަރީ ނުވަ ވަނަ ދުވަހުއެވެ.

ޔޫއޭއީ އާއި ގަތަރާއި ދެމެދު ވެވުނު މި އެއްބަސްވުމުގެ ސަބަބަުން، ގަލްފު އަދި އަރަބި ގައުމުތަކުގެ އިތުރުން މުސްލިމު ގައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެގެން ދިއުމަށް މަގުފަހިވާ އިރު، ޔޫއޭއީ އިން ވަނީ ދެގައުމުގެ ދެމެދުގައި ހުރި މައްސަލަތައް ހައްލުކުރާނީ ބައިލެޓެރަލް މަޝްވަރާތަކުގެ ތެރެއިން ކަމަށް ބުނެފައެވެ.

ބުރާސްފަތި ދުވަހު ޔޫއޭއީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަންވަރު ގަރްގަޝް ވަނީ ހަފްތާއެއްހާ ދުވަސްތެރޭގައި ގަތަރާއި އެކު ދަތުރުފަތުރާއި ވިޔަފާރީގެ މުއާމަލާތްތައް ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް