ކ. މާލެ
|
8 ޖެނުއަރީ 2021 | ހުކުރު 12:06
ނަތީޖާ ހުށަހަޅާނާ ކަމުގައިވާނަމަ 500 ޕައުންޑުން ޖޫރިމަނާ ކުރާނެ
ނަތީޖާ ހުށަހަޅާނާ ކަމުގައިވާނަމަ 500 ޕައުންޑުން ޖޫރިމަނާ ކުރާނެ
ސްކައި ނިއުސް
ކޮވިޑްގެ ނެގެޓިވް ނަތީޖާ
އިންގްލޭންޑް އަދި ސްކޮޓްލޭންޑަށް ދަތުރުކުރާ މީހުން ކޮވިޑްގެ ނެގެޓިވް ނަތީޖާ ހުށައަޅަން ޖެހޭ
 
ފްލައިޓް، ބޯޓް ނުވަތަ ޓްރެއިން އިން ދަތުރު ކުރިޔަސް މި އުސޫލަށް އަމަލު ކުރަން ޖެހޭނެ

އިންގްލޭންޑް އަދި ސްކޮޓްލޭންޑަށް ދަތުރު ކުރާ މީހުން ކޮވިޑްގެ ނެގެޓިވް ނަތީޖާ ހުށައަޅަން ޖެހޭ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

އެ ޤައުމުން ބުނީ އިންގްލޭންޑް އަދި ސްކޮޓްލޭންޑަށް ދަތުރު ކުރާ ހުރިހާ މީހުން ވެސް ފުރުމުގެ 72 ގަޑީއިރު ކުރިން ނަގާފައިވާ ކޮވިޑް ޓެސްޓްގެ ނެގެޓިވް ނަތީޖާ ހުށައަޅަން ޖެހޭ ކަމަށެވެ. އަދި ނެގެޓިވް ނަތީޖާ ހުށަހަޅާނާ ކަމުގައިވާނަމަ އެމީހެއް 500 ޕައުންޑުން ޖޫރިމަނާ ކުރާނެ ކަމަށެވެ.

ފްލައިޓް، ބޯޓް ނުވަތަ ޓްރެއިން އެ ދެ ޤައުމަށް މީހުން ދަތުރު ކުރިޔަސް މި އުސޫލަށް އަމަލު ކުރަންޖެހޭނެކަން ފާހަގަކޮށް އެ ޤައުމުން ބުނީ މި މީހުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ރައްޔިތުން ވެސް ހިމެނޭ ކަމަށެވެ.

އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް ޑިޕާންޓްމަންޓުން ޤަބޫލު ކުރާ ގޮތުގައި މި އުސޫލުގެ ސަބަބުން ކޮވިޑްގެ އައު ވޭރިއަންޓް އެ ޤައުމުގައި ފެތުރުން ހުއްޓުވިގެންދާނެއެވެ. މީގެ އިތުރުން ނެގެޓިވް ނަތީޖާއެއް އޮތް ނަމަވެސް އެ ޤައުމަށް އެތެރެވޭ ކޮންމެ މީހަކު 10 ދުވަހުގެ ކުރަންޓީންގެ މުއްދަތެއް ފުރިހަމަ ޖެހެއެވެ. މި 10 ދުވަހުގެ މުއްދަތު 05 ދުވަހަށް ކުޑަކުރެވޭނެ ގޮތް މަގުފަހިކޮށްދީފައިވާއިރު މި ކަރަންޓީންގެ މުއްދަތު ކުރުކުރަން އެދޭ މީހުން ޤައުމަށް އެތެރެވާތާ ފަސް ދުވަސްވުމުން އިތުރު ކޮވިޑް ޓެސްޓެއް ހަދަން ޖެހެއެވެ.

އެ ޤައުމުން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްއާ ގުޅޭ ގޮތުން ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވި ގޮތުގައި އެގައުމުން ފެނިފައިވާ ކޮރޯނާވައިރަހުގެ އާ ވޭރިއެންޓް ދަނީ ހަލުވި ކަމާއެކު ފެތުރެމުން ކަމަށެވެ. އަދި ގައުމުގެ ސިއްހީ ނިޒާމު ބޮއްސުން ލުމުގެ ބިރު ހީވެފައިވާ ކަަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް