ކ. މާލެ
|
3 ޖެނުއަރީ 2021 | އާދީއްތަ 22:24
ރަޝިޔާގެ އަރމީ އޮފިސަރެއްގެ ގަޔަށް ވެކްސިން ޖަހަނީ
ރަޝިޔާގެ އަރމީ އޮފިސަރެއްގެ ގަޔަށް ވެކްސިން ޖަހަނީ
ރޮއިޓަރސް
ކޮވިޑް-19 ރަޝިޔާގެ ހާލަތު
ރަޝިޔާގެ އަށްލައްކައަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ޖަހައިފި
 
ސްޕަޓްނިކްވީ ވެކްސިން ދޭންފަށާފައިވަނީ ޑިސެމްބަރ މަހުގެ ކުރީކޮޅު
 
ވެކްސިން ދިނުމަށްޓަކައި 1.5 މިލިއަން ޑޯޒް ރަޝިޔާގެ އެކި ހިސާބުތަކަށް ގެންގޮސްފައިވޭ

ރަޝިޔާގެ 800،000ށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ވެކްސިން ޖަހާފައިވާކަމަށް އެގައުމުގެ ހެލްތު މިނިސްޓަރ މީކާއީލް މުރަޝްކޯ ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ ވެކްސިން ދިނުމަށްޓަކައި 1.5 މިލިއަން ޑޯޒް ރަޝިޔާގެ އެކި ހިސާބުތަކަށް ގެންގޮސްފައިވާކަމަށެވެ.

ރަޝިޔާގައި އެގައުމުން ކޮވިޑް19ށް އުފެއްދި ސްޕްޓްނިކްވީ ވެކްސިން ދޭންފަށާފައިވަނީ ޑިސެމްބަރ މަހުގެ ކުރީކޮޅުއެވެ. ރަޝިޔާއަކީ ހަތަރު ވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމަށްވާއިރު އެގައުމުގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމަކީ އެގައުމުގެ އަމާޒެކެވެ. އެކަމަށްޓަކައި އެހެން ވެކްސިންތައް ދިނުމުގެ މަސައްކަތްވެސް ރަޝިޔާ ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަޝިޔާގައި ވެކްސިން ޖަހާ މީހުންނަށް ވެކްސިން ދިންކަން އަންގައިދިނުމަށްޓަކައި އިލެކްޓްރޯނިކް ސެޓްފިކެޓެއް ލިބޭނެއެވެ. އެއީ ވެކްސިން ޖަހާ މީހުންގެ ޑާޓާތައް ބެލެހެއްޓުމުގެ މަގްސަދުގައި ކަމަށް ރަޝިޔާގެ ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ރަޝިޔާގެ ސްޕްޓްނިކްވީ ވެކްސިން އެހެން ގައުމުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްކުރާއިރު މިވެކްސިން ގައި ދެ ޑޯޒް ހިމެނެއެވެ. ފުރަތަމަ ޑޯޒް ދިނުމަށްފަހު ދެވަނަ ޑޯޒް ދޭނީ 21 ދުވަސް ފަހުންނެވެ.

ރަޝިޔާއިން ވަނީ މިދިޔަ ހަފްތާގައި އަރޖެންޓީނާއަށް 300،000 ޑޯޒް ފޮނުވާފައެވެ. މިއާއެކު ރަޝިޔާގެ ތެރޭގައި ވަނީ މިކަމުގެ ނުތަނަވަސްކަން ވެރިވެފައެވެ. އެއީ ރަޝިޔާގެ ރައްޔިތުންނަށް ބޭނުންވާވަރަށް ވެކްސިންގެ ޑޯޒް ހަމަނުވެދާނެތީއެވެ.

ރަޝިޔާގައި ހޮނިހިރު ދުވަހުވެސް އަލަށް 26،301 މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައެވެ. މިއާއެކު އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 3،212،637ށް އަރާފައެވެ. އެގައުމުގައި ވައިރަސް ޖެހިގެން 58،002 މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް