ކ. މާލެ
|
26 ޑިސެންބަރ 2020 | ހޮނިހިރު 13:23
ކޮވިޑް-19 ގެ ހާލަތުގައި ބަލި މީހަކަށް ފަރުވާދެމުންދާ މަންޒަރެއް
ކޮވިޑް-19 ގެ ހާލަތުގައި ބަލި މީހަކަށް ފަރުވާދެމުންދާ މަންޒަރެއް
ސީ.އެން.އެން
ފްރާންސުން ކޮވިޑްގެ އާ ވޭރިއަންޓް ފެނުން
ފްރާންސުންވެސް ކޮވިޑްގެ އައު ވޭރިއަންޓް ފެނިއްޖެ!
 
އެމީހާ މިހާރު ހުރީ ގޭގައި އައިސޮލޭޓް ވެގެން
 
އެމީހާ ކޮވިޑަށް ޓެސްޓު ކޮށްފައިވަނީ 21 ޑިސެމްބަރުގަ

ފްރާންސުންވެސް ކޮވިޑް-19 ގެ އައު ވޭރިއަންޓް ފެނިފައިވާކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފްރާންސްގެ ހެލްތް މިނިސްޓްރީން ބުނީ މި ވޭރިއަންޓް ފެނިފައިވަނީ އެގައުމަށް ލަންޑަނުން މި ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އައި މީހެއްގެ ފަރާތުން ކަމަށެވެ. މީގެ އިތުރުން އެ މިނިސްޓްރީން ބުނީ އެމީހާ ކޮވިޑަށް ޓެސްޓު ކޮށްފައިވަނީ 21 ޑިސެމްބަރުގައި ކަމަށާ، އެމީހާ މިހާރު ހުރީ ގޭގައި އައިސޮލޭޓް ވެގެންކަމަށެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19ގެ ކުރިން ނުފެންނަ އައު ވޭރިއެންޓެއް ފެނިފައިވާކަމަށް ރިޕޯޓުކޮށްފައިވާއިރު އިނގިރޭސިވިލާތުގައި މިހާތަނަށް ހާހަކަށް ވުރެ ގިނަ މީހުންނަށް މި ވޭރިއަންޓުގެ ޒަރީއާއިން ކޮވިޑް-19 ޖެހިފައިވާކަމަށް ރިކޯޑް ކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ން ބުނީ މި ވޭރިއަންޓްގެ ކަންކަން ގާތުން ބަލަމުން އަންނަކަމަށެވެ.

އިނގިރޭސިވިލާތުން މި އައު ސްޓްރެއިން ދިރާސާކުރަމުން އަންނައިރު އެކަމުގެ މައުލޫމާތު ޑަބްލިޔުއެޗްއޯއާ ހިއްސާކުރަމުން އަންނަ ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ. އަދި މި ސްޓްރެއިންގެ މައުލޫމާތު މެމްބަރު ގައުމުތަކަށާއި އާންމުންނަށް ފޯރުކޮށްދެމުން ގެންދާނެކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

ފްރާންސުން މި ވޭރިއަންޓް ފެނިފައިވާއިރު، ހުކުރު ދުވަހު ޖަޕާނުންވެސް ކޮވިޑްގެ ވޭރިއަންޓް ފެނިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން ޑެންމަރކް، އޮސްޓްރޭލިއާ އަދި ނެދަލެންޑްސުން ވެސް މި ވޭރިއަން ފެނިފައިވާކަމަސް ވަނީ ރިޕޯޓުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް