ކ. މާލެ
|
1 ޑިސެންބަރ 2020 | އަންގާރަ 10:52
ހުޅުމާލެ މެޑިކަލް ފެސިލިޓީ؛ ނިޔާވީ އެތަނުގައި ފަރުވަ ދެމުންދިޔަ މީހެއް
ހުޅުމާލެ މެޑިކަލް ފެސިލިޓީ؛ ނިޔާވީ އެތަނުގައި ފަރުވަ ދެމުންދިޔަ މީހެއް
ރާއްޖެއެމްވީ
ކޮވިޑްގައި އިތުރު މީހަކު ނިޔާވުން
ކޮވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ
 
އޭނާ އަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ
 
ނިޔާވީ 75 އަހަރު ދިވެއްސެއް

ކޮވިޑަށް ފަރުވާދެމުންދިޔަ އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ.

ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ 75 އަހަރުގެ ދިވެއްސެކެވެ. އޭނާ އަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ. މިއާއެކު ރާއްޖޭގައި ކޮވިޑްޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 47ށް އަރާފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހު ވެސް 77 އަހަރުގެ ދިވެއްސަކު ވަނީ ބަލީގައި ނިޔާވެފައެވެ. މި ބަލީގައި މިހާތަނަށް 39 ދިވެހިންނާއި 8 ބިދޭސީއަކު ވަނީ ނިޔާވެފައެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން ވައިރަހަށް ޕޮޒިޓިވްވެ ހާލުބޮޑުވެގެން 95 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. ހޯމަ ދުވަހު އިތުރު 17 މީހުން ޕޮޒިޓިވްވެ، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 13،011ށް ވަނީ އަރާފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ އޭރިއާއިން ޕޮޒިޓިވްވި 15 މީހަކާއި މީހުން ދިރިއުޅޭ ރަށަކުން ޕޮޒިޓިވްވި މީހެއްގެ އިތުރުން ރިސޯޓަކުން ޕޮޒިޓިވްވި މީހެކެވެ.

މި ބަލި ޖެހުނު އިތުރު 37 މީހެއްގެ ބަލި ފަސޭހަވެފައިވާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މިހާތަނަށް މި ބަލި ޖެހުނު 11،939 މީހެއްގެ ބަލި ފަސޭހަވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 1،019ށް ތިރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
100%
0%
0%
0%
0%
ކޮމެންޓް