އާދީއްތަ 17 ޖެނުއަރީ 2021
12 އުތުރަހަޅަ
1442 ޖުމާދުލް އާހިރަތު 03
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
އިރުއޮއްސޭ 18:15
އިޝާ 19:31
ތުރުކީގެ ކޮވިޑްގެ ހާލަތު

ކުއްލިއަކަށް ކޭސްތައް އިތުރުވެ ތުރުކީގައި ހަރުކަށި ފިޔަވަޅުތައް އަޅަން ނިންމައިފި

  • އެއް ދުވަހާ ވަނީ 30،000ށް ވުރެ ގިނަ ކޭސް އެއްފަހަރާ ރިޕޯޓްކޮށްފައިވޭ
  • ޖެހި ޖެހިގެން 8 ދުވަހު މަރުވި މީހުންގެ އަދަދުވެސް ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައި
  • ހަފްތާ ބަންދު އެއްކޮށް ލޮކްޑައުން ކުރުމަށް ވަނީ ނިންމާފައި

ކ. މާލެ | 1 ޑިސެންބަރ 2020 | އަންގާރަ 08:19 | 2,682

ކޮވިޑް ޖެހިގެން ހާލުބޮޑުވި މީހަކަށް ތުރުކީގައި ފަރުވާ ދެނީ - އަލްއަރަބިއްޔާ

ތުރުކީގައި ކޮވިޑް-19ގެ ކޭސްތައް ކުއްލިގޮތަކަށް އިތުރުވުމާއި ގުޅިގެން، ހަރުކަށި ފިޔަވަޅުތައް އެޅުމަށް އެގައުމުގެ ރައީސް ރަޖިބް ތައްޔިބް އުރުދުޢާން ނިންމައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމާފައިވަނީ ކޮވިޑްގެ އިތުރު ކޭސްތަކެއް ފެނި އަދަދުތައް މަތިވާން ފެށުމާއި ގުޅިގެންނެވެ. އެގޮތުން ހަފްތާ ތެރޭގައި ރޭގަނޑު ކާފިއު ހިންގުމަށް ނިންމާފައިވާ އިރު، ހަފްތާ ބަންދުގައި އެއްކޮށް ފުލް ލޮކްޑައުންއަކަށް ދިއުމަށް ވަނީ ނިންމާފައެވެ. 4 މަސް ވަންދެން ކޭސްތަކުގެ އަދަދު މަދުން ރިޕޯޓް ކުރުމަށްފަހު ފަހަކަށް އައިސް ރިޕޯޓްކުރެވޭ ކޭސްތަކުގެ އަދަދު އިތުރުވެ އެގައުމުގައި އެއް ދުވަހާ ވަނީ 30،000ށް ވުރެ ގިނަ ކޭސް އެއްފަހަރާ ރިޕޯޓްކޮށްފައެވެ.

ހޯމަ ދުވަހު އެކަނި ވެސް އެގައުމުގައި 31،219 މީހަކު ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވާ އިރު، ޖެހި ޖެހިގެން 8 ދުވަހު މަރުވި މީހުންގެ އަދަދުވެސް ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. ނިމިގެންދިޔަ 24 ގަޑި އިރު ތެރޭގައި 188 މީހަކު މަރުވެފައިވާ އިރު، އޭގެ ކުރީ ދުވަހު ވެސް 185 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ވަޒީރުންގެ ބައްދަލުވުމަކަށްފަހު ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ ހަތްފާ ތެރޭގައި ކާފިއު ހިންގާނީ ރޭގަނޑު 9:00ން ފަތިހު 5:00ށް ކަމަށާއި، ހަފްތާ ބަންދުގައި ފުލް ލޮކްޑައުން ފަށާނީ ހުކުރު ދުވަހުގެ ރޭގަނޑު 9:00ން ފެށިގެން ހޯމަ ދުވަހުގެ ރޭގެ ފަތިހު 5:00އާ ހަމައަށް ކަމަށެވެ. އަދި ކާބޯތަކެތި ވިއްކާ ފިހާރަތަކާއި ޑެލިވަރީގެ ހިދުމަތްދޭ ތަންތަން ލޮކްޑައުންގެ ވަގުތުގައި ވަކި ވަގުތަކަށް ހުޅުވުމުގެ ހުއްދަ ދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ މީހުންނާއި 20 އަހަރުން ދަށުގެ މީހުން އާންމު ދަތުރުފަތުރުގެ ހިދުމަތް ބޭނުން ކުރުމުގެ ހުއްދަ ދިނުން ހުއްޓާލުމާއި، ވިޔަފާރިތަކުން ކޮންޓެކްޓް ޓްރޭސިން ކޯޑެއް ބޭނުން ކުރުން ހިމެނެއެވެ. އަދި ކައިވެނީގެ ހަފްލާތަކާއި، ޖަނާޒާތައް ބާއްވާއިރު އެންމެ ގިނަވެގެން އެއްވެވޭނީ 30 މީހުން ކަމަށް ކަނޑައަޅާ އާ އަހަރުގެ ހަވީރާ ދިމާކޮށް އެއްވެސް ކަހަލަ ހަފްލާއެއް ބޭއްވުމުގެ ހުއްދަ ނުދިނުމަށް ވަނީ ނިންމާފައެވެ. މި ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ އަންގާރަ ދުވަހުން ފެށިގެންނެވެ.

ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަޅަން ފެށި ފިޔަވަޅުތަކާއެކު ކޭސްތައް އިތުރުވުން މަދުކުރެވިފައިވަނީ ކުޑަ މިންވަރަކަށެވެ. ހެލްތް މިނިސްޓްރީން ހޯމަ ދުވަހު އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު އެގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 600،000ށް ވުރެ މައްޗަށް އަރާފައެވެ. މީގެ އިތުރުން އެ ގައުމުގައި ބަލިޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 13،746ށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.