އާދީއްތަ 17 ޖެނުއަރީ 2021
12 އުތުރަހަޅަ
1442 ޖުމާދުލް އާހިރަތު 03
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
އިރުއޮއްސޭ 18:15
އިޝާ 19:31
މޮންސްޓެރާ ގަސް

މޮންސްޓެރާ: މި ގަސް ހައްދާނެ ވަރަށް ފަސޭހަ ގޮތެއް!

  • މިއީ ގޭތެރޭގައި ހައްދަން ވަރަށް އެކަށީގެންވާ ގަހެއް
  • ސީދާ އިރުގެ އަލީގައި ބެހެއްޓުމުން މިގަހަށް ގެއްލުން ލިބޭނެ
  • ކްލޮރިން ނުވަތަ ލޮނު އެކުލެވޭ ފެން ދިނުމުން ގަހަށް ގެއްލުން ލިބޭނެ

ކ. މާލެ | 7 ނޮވެންބަރ 2020 | ހޮނިހިރު 15:09 | 29,104

މޮންސްޓެރާ ގަސް - ރާއްޖެއެމްވީ

ފަހަކަށް އައިސް ގޭގައި ގަސް ހެއްދުމަށް ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރިތަން ފެނިގެންދިޔައެވެ.

އެގޮތުން އިންޑޯ ޕްލާންޓް އަދި އައުޓްޑޯ ޕްލާންޓްތަކަށް ހެއްދުމަށް ގިނަބަޔަކު ޝައުގުވެރިވެ ގަސް ވިއްކާ ފިހާރަތަކަށް ވަނީ ބާރު ބޮޑުވެފައެވެ. އަދި ފާއިތުވި މަސްތަކުގެ ތެރޭގައި ވިޔަފާރިތައް އެންމެ ރަނގަޅުވެގެން ދިޔައީ ވެސް ގަސް ވިއްކާ ފިހާރަތަކުގެ ވިޔަފާރިއެވެ.

އެންމެ ގިނަ މީހުން ލޯބި ކުރާ އަދި އެންމެ އަގު ބޮޑު ގަސްތަކުގެ ތެރޭގައި ހިމެނިގެން މިދިޔައީ މޮންސްޓެރާއެވެ. މި ގަސް ހައްދަން ބޭނުންވާނެ މުހިއްމު މައުލޫމާތުތަކެއް ތިރީގައި ހިމަނާލާނަމެވެ.

ފުރިހަމަ ސިއްޙަތެއްގައި ގަސް ހެދިބޮޑުވުމަށް ފުރިހަމަވާންޖެހޭ ކަންތައްތައް

އަލި:މިއީ ގޭތެރޭގައި ހައްދަން ވަރަށް އެކަށީގެންވާ ގަހެކެވެ. ގޭތެރޭގައި އަލި މަޑު ތަންތަނުގައި ނުވަތަ ބޮކި އަލީގައިވެސް ގިނަ ދުވަސްވަންދެން މި ގަސް ހެއްދިދާނެ އެވެ. އެހެންނަމަވެސް ގަހުގެ އުފެދުން އަވަސް ކުރުމަށް ގަދަ އަލި ލިބުން ވަރަށް މުހިއްމުވާނެ އެވެ. އެހެންނަމަވެސް ސީދާ އިރުގެ އަލީގައި ބެހެއްޓުމުން މިގަހަށް ގެއްލުން ލިބޭނެއެވެ.

ފަނޑު އަލީގައި ބަހައްޓާފައި ހުންނަ ގަހެއްނަމަ މަދުވެގެން ހަފްތާއަކު އެއްފަހަރު އިރުގެ އަލި ލިބޭ ތަނެއްގައި އެހެންނަމަވެސް ހިޔަލުގައި ބެހެއްޓުމުން ގަސް ހެދިބޮޑުވުން އަވަސްވާނެއެވެ.

ގަހުގެ އުފެދުން އަވަސް ކުރުމަށް ގަދަ އަލި ލިބުން ވަރަށް މުހިއްމު

ފެން:ކޮންމެ ފަހަރަކުވެސް ފެންދިނުމުގެ ކުރިން ފަސްގަނޑު ކޮންމެވެސް ވަރަކަށް ހިކެން ފުރުޞަތު ދިނުމުން މިގަސް ހެދިބޮޑުވުމާއި، ގަހުގެ މުލަށް ޖެހޭ ބަލިތައް ޖެހުން ދުރުކޮށްދޭނެއެވެ. ގަހަށް ފެން ދިނުމަށް ބޭނުންކުރާނީ ސާފު ފެނެވެ. ކްލޮރިން ނުވަތަ ލޮނު އެކުލެވޭ ފެން ދިނުމުން ގަހަށް ގެއްލުން ލިބޭނެއެވެ.

ރަނގަޅަށް ފެންހިނދޭގޮތަށް ފަސްގަނޑު ތައްޔާރުކުރަން ވާނެއެވެ. އަދި ފަސްގަނޑު އަބަދު ތެތްކޮށް ހުރުމުން ގަހުގެ މޫތައް ހަލާކުވާނެކަން ހަނދާނުގައި ބަހައްޓަންވާނެ އެވެ. އެހެންކަމުން ކޮންމެ ފަހަރަކު ފެންދިނުމުގެ ކުރިން ފަސްގަނޑުގެ މަތީ 2 އިންޗި ހިކެންދެން މަޑުކޮށްލާށެވެ. އޭގެ ފަހުން ރަނގަޅަށް ފަސްގަނޑު ތެމޭވަރަށް ފެންދޭށެވެ.

ގަސްކާނާ: ގަހަށް ބޭނުންވާ މިންވަރަށް އޯގަނިކް ގަސްކާނާ ފަސްގަނޑާއި އެއްކުރަންޖެހޭނެއެވެ. މީގެ އިތުރުން ސްލޯ ރިލީސް ހަމަހަމަ ގަސްކާނާއެއް މަހަކު އެއްފަހަރު ބޭނުންކުރެވިދާނެއެވެ.

މިއީ ވައިގެ ތެތްކަން މަތި މާޙަލުގައި ވަރަށް ރަނގަޅަށް ހެއްދިދާނެ ގަހެއް

ވައިގެ ތެތްކަން:މިއީ ވައިގެ ތެތްކަން މަތި މާޙަލުގައި ވަރަށް ރަނގަޅަށް ހެއްދިދާނެ ގަހެކެވެ. ދޭތެރެއަކުން ގަހުގެ ފަތްތަކަށް ފެން ސްޕްރޭކުރެވިދާނެއެވެ. އެހެންނަމަވެސް ފަތްތައް ގިނަވެގެން 1 ގަޑި އިރު ތެރޭގައި ހިކެންވާނެއެވެ.

ގަސް ސާފުކުރުން:ގަހުގެ ފަތްތަކުގައި ހިރަފުސް ހަރުލާނަމަ ފިހިގަނޑެއް ބޭނުންކޮށްގެން ފަތްތައް ސާފުކޮށްލަން ރަނގަޅުވާނެއެވެ. ފެން ބޭނުންކޮށްގެން ފަތްތައް ދޮވުމަކީ ރަނގަޅުކަމެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.