ހޮނިހިރު 28 ނޮވެންބަރު 2020
02 ދޮށަ
1442 ރަބީޢުލްއާޚިރު 12
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09
އެމްއެމްޕީއާރްސީ ބޮޑު ޙިޔާނަތް

އެމްއެމްޕީއާރްސީ ޙިޔާނާތާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ނިހާނުއާ ސުވާލުކޮށްފި

  • ނިހާނުގެ ފްލެޓާ ގުޅޭގޮތުންވެސް ކޮމިޝަނުން ސުވާލު ކޮށްފައިވޭ
  • ނިހާން ވަނީ ތަހުޤީޤުގައި ވަކީލެއްގެ ފުރުސަތަކަށް އެދިވަޑައިގަންނަވާފަ
  • ނިހާނަށް ގުޅާލުމުން އެކަމަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވޭ

ކ. މާލެ | 24 އޮކްޓޯބަރ 2020 | ހޮނިހިރު 13:28 | 12,221

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ޕީޕީއެމްގެ އިވެންޓެއްގައި ވާހަކަ ދައްކަވަނީ - ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރު ކޮށްފިއެވެ.

އިތުބާރު ހުރި މަސްދަރަކުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނިހާން ހާޒިރު ކޮށްފައި ވަނީ ބުރާސްފަތި ދުވަހު ކަމަށާއި، އޭނާއާ ސުވާލު ކޮށްފައި ވަނީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ބޮޑު ޙިޔާނާތާ ގުޅިގެން ކަމަށެވެ. އޭގެ އިތުރުން، ނިހާނުގެ ފްލެޓާ ގުޅޭ ގޮތުން ވެސް ކޮމިޝަނުން ސުވާލު ކޮށްފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާން ވަނީ ތަހުޤީޤުގައި ވަކީލެއްގެ ފުރުސަތަކަށް އެދިވަޑައިގަންނަވާފައެވެ. އަދި އެ ފުރުސަތު ދިނުމަށް ފަހު ތަހުޤީޤު އެހެން ދުވަހަކަށް ފަސްކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ. އެހެން ނަމަވެސް އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފު ކޮށްލުމަށް "ރާއްޖެއެމްވީ" އިން ނިހާނަށް ގުޅާލުމުން އެކަމަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރުންނަށް ޙިޔާނާތުގެ ފައިސާ ލިބިފައިވާ ކަން ވަނީ ތަޙުޤީޤުތަކުން ހާމަވެފައެވެ. އަދި މި މައްސަލައިގައި ނިހާންއާ ސުވާލު ކޮށްފައިވާ އިރު، ނިހާން ހުޅުމާލެއިން ބައްލަވައިގެންފައިވާ އެޕާޓްމެންޓެއްގެ މައްސަލަ އޭސީސީއަށް ހުށައެޅިފައި ވެއެވެ.

އެހެން ނަމަވެސް، ނިހާންގެ ދަރިފުޅަށް 4.7 މިލިއަން ރުފިޔާގެ ފްލެޓެއް ބައްލަވައިގަތީ ޙަލާލު ގޮތުގައި ހޯދި މުސާރައިން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ނުޙައްޤުން މުއްސަނދި ކަން ހޯދާފައިވާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ވެސް ނިހާނުގެ މައްޗަށް ކުރެވިފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.