ކ. މާލެ
|
13 އޮކްޓޯބަރ 2020 | އަންގާރަ 11:42
ކުއަލަ ލަމްޕޫރު ލޮކްޑައުން ކުރަން ނިންމީ އަނެއްކާވެސް ބަލި ފެތުރޭ ވަރު ގިނަވެގެން
ކުއަލަ ލަމްޕޫރު ލޮކްޑައުން ކުރަން ނިންމީ އަނެއްކާވެސް ބަލި ފެތުރޭ ވަރު ގިނަވެގެން
ގޫގުލް
ކޮވިޑް19: މެލޭޝިއާގެ ހާލަތު
މެލޭޝިޔާގެ ކުއަލަ ލަމްޕޫރް ލޮކްޑައުން ކުރަން ނިންމައިފި
 
ހާލަތު ކަނޑައަޅަމުން ދާނީ ވަކިވަކި ސަރަހައްދުތަކަކަށް ބަހާލައިގެން، އެތަނުގެ ހާލަތައް ބެލުމަށްފަހު
 
މެލޭޝިއާއިން ފެންނަ ކޭސްތަކުގެ އަދަދު އިތުރުވާން ފެށި ލުއިތައް ދިނުމުން
 
ލޮކްޑައުން ކުރިއަށްދާނީ އޮކްޓޯބަރު 27ގެ ނިޔަލަށް

ކޮވިޑް-19 ގެ ސަބަބުން ކުއަލަ ލަމްޕޫރު ހިމެނޭ ސަރަހައްދު ލޮކްޑައުން ކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މެލޭޝިއާގެ ސަރުކާރުން ބުނާ ގޮތުގައި ކުއަލަ ލަމްޕޫރް ލޮކްޑައުން ކުރަން ނިންމީ އެ ސަރަހައްދުގައި ބަލި ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވުމާއި ގުޅިގެންނެވެ.

އެގޮތުން މެލޭޝިއާ ގަޑިން މިރޭ 00:00 އިން ފެށިގެން މިމަހުގެ 27 ވަނަ ދުވަހާއި ހަމައަށް ކުއަލަލަމްޕޫރު ހިމެނޭ ސަރަހައްދުގައި އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ. އަދި ހުރިހާ އިޖުތިމާއީ އެއްވުންތައް މަނާ ކުރުމަށާއި އެއް އަވަށުން އަނެއް އަވަށަށް ދަތުރު ކުރުން މަނާ ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެއްވެސް ބޭނުމެއްގައި ގެއިން ނިކުތުމުގެ ހުއްދަ ދެވޭނީ ކޮންމެ ގޭބިސީއަކުން ދެމީހުންނަށެވެ. އަދި ވަޒީފާތަކަށް ދާމީހުންނަށް ވަޒީފާތަކަށް ދިއުމުގެ ހުއްދަ އޮންނާނެ ކަމަށާއި ނަމަވެސް ވަޒީފާއަށް ދާފަރާތްތަކުން މަގުމައްޗަށް ނިކުންނައިރު އެކަމުގެ ހުއްދަ އޮންނަ ފާސް އަތުގައި އޮންނަން ޖެހޭނެ ކަމަށް މެލޭޝިއާ ސަރުކާރުން ބުނެފައިވެއެވެ.

މެލޭޝިއާއިން ފުރަތަމަ ކޮވިޑް-19 ފެނުމާއި އެކު، ވަރުގަދަ ފިޔަވަޅުތަކެއް އެޅިއެވެ. މެލޭޝިޔާ ފުރަތަމަ ލޮކްޑައުންއަކަށް ގޮސްފައިވަނީ މަރޗް މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް ހާލަތު ރަނގަޅުވާން ފެށުމުން ލުއިތައް ދެމުން ގޮސް މިހާރު އޮތީ ގިނަ ލުއިތަކެއް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
88%
13%
0%
0%
ކޮމެންޓް