ކ. މާލެ
|
13 އޮކްޓޯބަރ 2020 | އަންގާރަ 10:52
ޖޯންސަން އެންޑް ޖޯންސަން އިން ކޮވިޑް-19 އަށް ޓެސްޓުކުރާ ވެކްސިން
ޖޯންސަން އެންޑް ޖޯންސަން އިން ކޮވިޑް-19 އަށް ޓެސްޓުކުރާ ވެކްސިން
އޭއެފްޕީ
ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން
ގޮތް ނޭނގޭ ބައްޔަކާއި ގުޅިގެން ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން ޓްރަޔަލްތައް ހުއްޓުމަކަށް
 
ކްލިނިކަލް ހޯލްޑް އާއި ސްޓަޑީސް ޕޯސް މިއީ މުޅިން ތަފާތު ދެކަމެއް
 
ބަލި ދެނެގަތުމަށް ދިރާސާތައް ދަނީ ކުރަމުން
 
މިޓްރެއަލްގައި 60،000 ވޮލެންޓިއަރުން ވަނީ ބައިވެރިކޮށްފައި

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ ހިއުމަން ޓްރަޔަލްސް މަރުހަލާ ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން އުފެއްދުމުގެ މަސައްކަތް މެދުކަނޑާލީ ޓްރަޔަލްގައި ބައިވެރިންތަކަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހުމާއި ގުޅިގެންނެވެ.

ޖޯންސަން އެންޑް ޖޯންސަން އަކީ ކޮވިޑް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުންދާ ހަތަރުވަނަ ކުންފުންޏެވެ. އަދި މިހާރު ތިންވަނަ ޓްރަޔަލް މަރުހަލާ (ހިއުމަން ޓްރަޔަލްސް) ފަށާފައިވާއިރު، މި ޓްރަޔަލްގައި 60،000 ވޮލެންޓިއަރުން ވަނީ ބައިވެރިކޮށްފައެވެ.

ޓްރަޔަލްގެ ބައިވެރިއަކު ގޮތް ނޭނގޭ ގޮތަށް ބަލިވުމާ ގުޅިގެން، މި ބަލީގެ ކަންކަން ދެނެގަތުމަށް ދިރާސާ ކުރަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވާއިރު، ބަލިވި މީހުންގެ އިތުރު ޓެސްޓުތައް އަންނަނީ ކުރަމުންނެވެ އަދި ބަލަން ޖެހޭ ހުރިހާ ކަމެއް ބަލައި ދިރާސާ ކުރުމަށްފަހު މައުލޫމާތު ހިއްސާ ކުރާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ވެކްސިންގެ ޓްރަޔަލް މަރުހަލާތައް މަޑުޖައްސާލަން ޖެހުމަކީ މައްސަލައެއް ނޫން ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން، "ކްލިނިކަލް ހޯލްޑް" އާއި "ސްޓަޑީސް ޕޯސް" މިއީ ތަފާތު ދެކަމެއް ކަން ފާހަގަކޮށް ޖޯންސަން އެންޑް ޖޯންސަންއިން ބުނެފައިވަނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޓްރަޔަލްތައް އަލުން ފެށުމަށް ހުއްދަ ލިބިގެން ދާނެ ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ އަމާޒަކީ، އަހަރަކު މި ވެކްސިންގެ އެއް ބިލިއަން ޑޯޒް އުފެއްދުމެވެ. އަދި މި ވެކްސިން ކާމިޔާބުވެއްޖެނަމަ، ގިނަ ބަޔަކަށް މި ވެކްސިން ލިބޭނެ މަގުފަހި ކޮށްދޭން ކަމަށް އެ ކުންފުނިން ވަނީ މީގެކުރިން ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
14%
0%
57%
14%
14%
0%
ކޮމެންޓް