ބުދަ 28 އޮކްޓޯބަރ 2020
11 ހެއި
1442 ރަބީއުލް އައްވަލް 11
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:51
އިޝާ 19:04
ދޮށީ އުމުރުގެ މީހުންގެ ދުވަސް

ދޮށީ އުމުރުގެ މީހުންނާއި މެދު މުޖުތަމަޢުގައި ތަފާތުކުރުން ގެންގުޅޭތީ އެޗްއާރުސީއެމްއިން ކަންބޮޑުވުން ފާޅުކޮށްފި

  • ކަންކަން ނިންމުމުިގައި ދޮށީ އުމުރުގެ މީހުން ބައިވެރި ނުކުރާކަން ފާހަގަ ކުރެއްވި
  • ދޮށީ އުމުުރުގެ މީހުންނަކީ މުޖުތަމައު އަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފައިވާ ބައެއްކަން ފާހަގަކުރެއްވި

ކ. މާލެ | 1 އޮކްޓޯބަރ 2020 | ބުރާސްފަތި 01:04 | 2,372

ދޮށީ އުމުރުގެ މީހެއް މަގެއްގެ މަތީގައި ހިނގާލާފައި ދަނީ - ޕިންޓްރެސްޓް

ދޮށީ އުމުރުގެ މީހުންނާއި މެދު މުޖުތަމަޢުގައި ތަފާތުކުރުންތައް ގެންގުޅޭތީ ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބުދަ ދުވަހުގެރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޗްއާރުސީއެމްގެ މެންބަރު އައިމިނަތު ޝިފާޢަތު ވިދާޅުވީ އުމުރުން ދުވަސްވުމުގެ ސަބަބުން މުޖުތަމައުގެ އިތުރުން އާއިލާއިން ވެސް ދެކޭގޮތް ތަފާތުވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން، ދޮށީ އުމުުރުގެ މީހުންނަކީ މުޖުތަމައުއަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފައިވާ ބައެއް ނަމަވެސް ގިނަފަހަރަށް ގައުމުގެ ކަންކަން ނިންމުމުގައި ނުވަތަ ސިޔާސަތުތައް ކަނޑައެޅުމުގައި ވެސް ދޮށީ އުމުރުގެ މީހުން ބައިވެރި ނުކުރުވުންފަދަ ކަންކަން ދިމާވާ ކަމަށް ޝިފާއަތު ވިދާޅުވިއެވެ. އަދި ސިޔާސަތު ކަނޑައެޅުމުގައި އުމުރުން ދުވަސްވީ ފަރާތްތައް ބައިވެރިކުރުމަކީ މުހިއްމު ކަމެއް ކަަމަށް ވިދާޅުވިއެވެ.

އުމުރުން ދުވަސްވުމުގެ ސަބަބުން މުޖުތަމައުގައި ވަރަށް ގިނަ ފަހަރަށް އެފަރާތްތަކާއި މެދު ދެކޭ ގޮތް ވަރަށް ތަފާތުވޭ. މުޖުތަމައުގައި ވެސް އާއިލާ ތެރޭގައި ވެސް ވަރަށް ގިނަ ތަފާތުކުރުންތަކެއް ގެންގުޅޭކަން ފާހަގަވޭ

~ އެޗްއާރުސީއެމްގެ މެންބަރު އައިމިނަތު ޝިފާޢަތު

ޝިފާއަތު އިތުރަށް ވިދާޅުވީ، ބައިނަލްއަޤްވާމީ ދޮށީ އުމުރުގެ މީހުންގެ ދުވަހެއް ފާހަގަކޮށް މި ކަންކަމަށް ރިއާޔަތްކޮށް މި ވާހަކަތައް ދެއްކުން ވަރަށް މުހިއްމުކަމަށެވެ. އަދި މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި މިކަންކަން ބަލައިގަނެ ދެ ޖެނޭރޭޝަންގެ މެދުގައި އޮންނަ ގެޕް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.