ކ. މާލެ
|
30 ސެޕްޓެންބަރ 2020 | ބުދަ 19:13
ކުވައިތުގެ ކުރީގެ އަމީރު ޝެއިޙް ސަބާޙް އަލް އަޙުމަދު އަލް ސަބާޙުގެ ހަށިކޮޅު ފަސްދާނުވަޑުވައިފި
ކުވައިތުގެ ކުރީގެ އަމީރު ޝެއިޙް ސަބާޙް އަލް އަޙުމަދު އަލް ސަބާޙުގެ ހަށިކޮޅު ފަސްދާނުވަޑުވައިފި
އަލްޖަޒީރާ
ސަބާހުގެ ހަށިކޮޅު ފަސްދާނުވަޑުވައިފި
ކުވައިތުގެ ކުރީގެ އަމީރުގެ ހަށިކޮޅު ފަސްދާނުވަޑުވައިފި
 
އަވަހާރަވި އާލާސްކަންފުޅާ އުޅުއްވަނިކޮށް ފަރުވާ ހޯއްދަވަމުން ދަނިކޮށް
 
އެމަނިކުފާނު އަވަހާރަވީ އުމުރުން 91 އަހަރުގައި

އާލާސްކަންފުޅާ އުޅުއްވަނިކޮށް އަވަހާރަވި ކުވައިތުގެ ކުރީގެ އަމީރު ޝެއިޙް ސަބާޙް އަލް އަޙުމަދު އަލް ސަބާޙުގެ ހަށިކޮޅު ފަސްދާނުވަޑުވައިފިއެވެ.

އެމަނިކުފާނުގެ ހަށިކޮޅުފަސްދާނުވަޑުވައިފައިވަނީ ސުލައިބިޚާތް ގަބުރުސްތާނުގައެވެ. ކުވައިތުގެ ކުރީގެ އަމީރު އަވަހާރަވީ އަންގާރަ ދުވަހުގެ ވަގުތެއްގައި އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ގެންދަވަނިކޮށެވެ. އޭރު އެމަނިކުފާނުގެ އުމުރުފުޅުން 91 އަހަރެވެ. އެންމެ ފުރަތަމަ ސިއްޙީ ޙާލުކޮޅު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އެއަށްފަހު ޙާލުކޮޅު ގޯސްވެ، ބައެއް ސަރޖަރީތައް ވެސް ވަނީ ކުރައްވާފައެވެ.

އޭގެ އިތުރުން، އިތުރު ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު އެމެރިކާއަށް ވަޑައިގެންނެވީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

1929 ވަނަ އަހަރު އުފަންވެވަޑައިގަތް ސަބާޙްއަކީ ކުވެއިތުގައި ޒަމާނީ ޚާރިޖީ ސިޔާސަތެއް ޤާއިމު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވެއެވެ. އެމަނިކުފާނު ކުވެއިތުގެ އަމީރުކަމުގެ މަޤާމަށް ވަޑައިގެންނެވީ 2006 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ސަބާޙް އަވަހާރަވިއިރު، ދެ ދަރިކަލުން ދުނިޔޭގައި އެބަތިއްބެވެ. އެގޮތުން އެމަނިކުފާނުގެ އަނބިކަނބަލުންނާއި، އަންހެން ދަރިކަނބަލުން ވަނީ ދުނިޔެ ދޫކުރައްވާފައެވެ.

ސަބާހު އަވަހާރަވުމާއި ގުޅިގެން ކުވެއިތުގެ އަމީރުކަމަށް އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު ނަވާފް އަލް ޞަބާޙުލް އަޙްމަދު އަލްޖާބިރު އައްޞަބާޙު ވަނީ އައު އަމީރުކަމަށް ވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
100%
0%
0%
0%
ކޮމެންޓް