ކ. މާލެ
|
30 ސެޕްޓެންބަރ 2020 | ބުދަ 17:46
މައްސަލަ ބަލަން ނިންމީ ބުދަ ދުވަހު ބޭއްވި ކޮމިޝަންގެ ޖަލްސާގައި
މައްސަލަ ބަލަން ނިންމީ ބުދަ ދުވަހު ބޭއްވި ކޮމިޝަންގެ ޖަލްސާގައި
ރާއްޖެއެމްވީ
އޭދަފުށި މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަ
އޭދަފުށި މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ
 
ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މައްސަލަ ސާބިތުނުވޭ

ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމު ކުލްސުމް އަބޫބަކުރުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަށައިފިއެވެ.

ބުދަ ދުވަހު ޖޭއެސްސީން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ، ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދެ މައްސަލަ އެއް އެކޯޓުގެ މެޖިސްޓްރޭޓް ބައްލަވަމުން ގެންދަވަނިކޮށް އެ މެޖިސްޓްރޭޓުގެ އަތުން އެ ދެ މައްސަލަ ވަކިކޮށް، އެ ދެ މައްސަލަ އޭދަފުށީ ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސުމް ހަވާލުވުމުގައި، ފަނޑިޔާރުގެ ސުލޫކަށް އަސަރު ކޮށްފާނެ ފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެން ކަމުން އެ މައްސަލަ ތަހުގީގުކުރަން ނިންމުމާއި ގުޅިގެން މައްސަލަ ބަލަން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ޖޭއެސްސީން ވަނީ ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފް، އަމިއްލަ މަސްލަހަތު ފުށުއަރާ ގާޒިއްޔާއެއް ހިންގުމުގައި ބައިވެރިވި ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް މައްސަލަ ސާބިތުނުވާ ކަމަށް މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ޖަލްސާ އިން ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ދަނީ މި ފަހަކަށް އައިސް ފަނޑިޔާރުންގެ ސުލޫކީ ގިނަ މައްސަލަތަކެއް ބަލައި ފިޔަވަޅު އަޅަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް