ކ. މާލެ
|
22 ސެޕްޓެންބަރ 2020 | އަންގާރަ 10:22
ސޯނޫ ސޫދް
ސޯނޫ ސޫދް
އިންސްޓަގްރާމް
މުނިފޫހިފިލުވުން
ޕޯސްޓަރުތަކުން އަހަރެންގެ ފޮޓޯތައް ކުރިން ނެގި: ސޯނޫ ސޫދް
 
އިންޑަސްޓްރީގައި އެގޮތަށް އުޅެނީ ވަކިބައެއް
 
ސޯނޫ ބުނީ އޭނާއަކީ ފިލްމީ އާއިލާއަކަށް ނިސްބަތްނުވާ މީހަކަށްވުމުން ވަރައްގިނަ ގޮންޖެހުންތައް ދިމާވިކަމަށް

ބޮލީވުޑްގައި އުފެދިގެން އުޅޭ ނެޕޮޓިޒަމްގެ ވާހަކަތަކަށް ސޯނޫ ސޫދް ވާހަކަ ދައްކައިފިއެވެ.

ސޯނޫ ބުނީ އިންޑަސްޓްރީގައި ބާރުގެ ބޭނުން ކުރެވެން ތިބި މީހުން ބާރުގެ ބޭނުންކުރަމުން އަންނަކަމަށެވެ. ސޯނޫ ބުނީ އޭނާއަކީ ފިލްމީ އާއިލާއަކަށް ނިސްބަތްނުވާ މީހަކަށްވުމުން ވަރަށް ގިނަ ގޮންޖެހުންތައް ދިމާވިކަމަށެވެ. އެގޮތުން އޭނާގެ ފުރަތަމަ ފިލްމްގެ ޕޯސްޓަރުތަކުން އޭނާގެ ފޮޓޯ ނަގާފައިވާކަމަށެވެ.

ސޯނޫ ބުނީ އެކަހަލަ ކަންތައްތަކާއި ކުރިމަތިލުމަށް އިންނާނީ ދެގޮތެއްކަމަށެވެ. އެއްގޮތަކީ ޕޯސްޓަރަށް ނޭރުވި ސަބަބާއި މެދު އަމިއްލައިން ޝަކުވާކުރުން ނޫނީ އަމިއްލަ މީހާގެ އަގުވަޒަންކޮށް، މީހުން ބަލައިގަންނަ މީހަކަށް ވާން ބުރަކޮށް މަސައްކަތްކޮށް މީހުން އޭނާގެ ފިލްމްތައް ބެލުމަށްފަހު ޕޯސްޓަރުން އޭނާ ނުފެނުނީ ކީއްވެގެންތޯ ސުވާލު އުފެއްދުމެވެ.

ސޯނޫ އިތުރަށް ބުނެފައިވަނީ އޭނާ މުޅި އިންޑަސްޓްރީއަށް އިންގިލި ދިއްނުކުރާކަމަށާއި އިންޑަސްޓްރީގައި އެގޮތަށް އުޅެނީ ވަކިބައެއްކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް