ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 05:12
ޖަލުގެ ޤައިދީއަކު ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި- މިހާރުވެސް ޖަލުގެ އާބާދީއަށްވުރެ 40% އިތުރަށް ޤައިދީން އެބަތިބި
ޖަލުގެ ޤައިދީއަކު ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި- މިހާރުވެސް ޖަލުގެ އާބާދީއަށްވުރެ 40% އިތުރަށް ޤައިދީން އެބަތިބި
ކަރެކްޝަން ސަރވިސް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)
ނުރައްކާތެރި ޤައިދީންގެ ގޮތުގައި ޖަލުގައި ތިބީ ގާތްގަނޑަކަށް 5-10 އިންސައްތަ ޤައިދީން: ކަރެކްޝަންސް
 
ޖަލުތަކުގެ އާބާދީ 1800ށް އަރާކަން ހޯމް މިނިސްޓަރ ފާހަގަ ކުރެއްވި
 
ވަކި ރަށެއްގައި އެކަހެރިކޮށް ޖަލެއް އެޅުމަކީ ކޮންމެހެން މުހިއްމު ކަމެއް ނޫން
 
ޖަލަށް އަންނަ ކޮންމެ ޤައިދީއަކީ ނުރައްކާތެރި ޤައިދީއެއް ނޫން

ރާއްޖޭގެ ޖަލުތަކުގައި ތިބި ޤައިދީންގެ ތެރެއިން ނުރައްކާތެރި ޤައިދީންގެ ނިސްބަތަކީ ގާތްގަނޑަކަށް 5 އިންސައްތައާއި 10 އިންސައްތަ ޤައިދީންކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނެފިއެވެ.

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ޚަބަރުފީތާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް ވިދާޅުވީ، ޖަލަށް އަންނަ ކޮންމެ ޤައިދީއަކީ ނުރައްކާތެރި ޤައިދީއެއް ނޫން ކަމަށާއި، ރާއްޖޭގެ ޖަލުތަކުގައި ތިބި ޤައިދީންގެ ތެރެއިން ނުރައްކާތެރި ޤައިދީންގެ ނިސްބަތަކީ ގާތްގަނޑަކަށް 5 އިންސައްތައާއި 10 އިންސައްތަ ކަމަށެވެ. އެއާއެކު، ވަކި ރަށެއްގައި އެކަހެރިކޮށް ޖަލެއް އެޅުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އާސިފް ވިދާޅުވީ، މީހުން ދިރިއުޅޭ ރަށެއްގައި ޖަލު ހުރި ނަމަވެސް، ޖަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިއްޖެނަމަ ގިނަ ކަންކަން ޙައްލުވެގެން ދާނެ ކަމަށެވެ.

ޖަލުތަކުގެ ކަންކަން އިސްލާޙު ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ޖަލުތަކުގެ ކެޕޭސިޓީއަށް ވުރެ 40 އިންސައްތަ އިތުރަށް ގައިދީން އެބަތިބި ކަމަށް ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ގައިދީން ބަލަހައްޓަމުން ދަނީ ހަތަރު ޖަލެއްގައި ކަމަށާއި އެ ޖަލުތަކުގެ ޖުމްލަ ޖާގައަކީ 1300 ކަމަށެވެ. ނަމަވެސް ޖަލުތަކުގެ އާބާދީ 1800ށް އަރާކަން މިނިސްޓަރ ވަނީ މަޖިލީހަށް މައުލޫމާތު ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް