ކ. މާލެ
|
12 ޖުލައި 2020 | އާދީއްތަ 09:52
ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ސިއްހީ ތަކެތި ހަވާލުކުރަނީ
ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ސިއްހީ ތަކެތި ހަވާލުކުރަނީ
ހެލްތު މިނިސްޓްރީ
ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް އެހީތެރިވުން
ޑަބްލިޔުއެޗްއޯއިން 10،000 ޓެސްޓިންގ ކިޓާއި ސިއްހީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފި
 
އައި.ސީ.ޔޫ އާލާތްތަކާއިއެކު ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޤާއިމްކުރެވޭ އައި.ސީ.ޔޫތައް އިތުރަށް ހަރުދަނާ ވެގެންދާނެ
 
އައި.ސީ.ޔޫ އެނދާއި އައި.ސީ.ޔޫ ޤާއިމްކުރުމަށް ބޭނުންވާ އާލާތްތަކާއި ބޭސް ހަދިޔާކޮށްފައިވޭ

ދިވެހިރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެ ދިނުމުގެ ގޮތުންނާއި، ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ބައެއްތަކެތި ރަސްމީކޮށް ޙަވާލު ކޮށްފިއެވެ.

ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ޙަވާލުކުރި ތަކެތީގެ ތެރޭގައި އައި.ސީ.ޔޫ އެނދާއި އައި.ސީ.ޔޫ ޤާއިމްކުރުމަށް ބޭނުންވާ އާލާތްތަކާއި ބޭހުގެ އިތުރުން، މެޑިކަލް ލެބޯޓްރީތަކަށް ބޭނުންވާ ތަކެއްޗާއި ޓެސްޓްކުރެވޭ 10،000 ކޮވިޑް-19 ޓެސްޓިންގ ކިޓް ހިމެނެއެވެ. މިތަކެތި ހަވާލުކުރީ މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިތަކެތި މިނިސްޓަރ އޮފް ހެލްތާއި ޙަވާލުކޮށް ދެއްވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ.

ޙަވާލުކުރެވުނު އައި.ސީ.ޔޫ އާލާތްތަކާއިއެކު ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޤާއިމްކުރެވޭ އައި.ސީ.ޔޫތައް އިތުރަށް ހަރުދަނާ ކުރެވިގެންދާނެއެވެ. މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރު ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަމުގެ ތަފްޞީލްތައް ޙިއްސާކުރައްވާ އެޖަމިއްޔާގެ ފަރާތުން ދިވެހިރާއްޖެއަށް މެދުނުކެނޑި ލިބެމުންދާ އެހީތެރިކަމަށްޓަކައި އެޖަމިއްޔާގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. ޢަރުވިންދު މާތުރު ވަނީ ކޮވިޑް-19 ދުނިޔޭގައި އަދިވެސް ހަލުވިކަމާއިއެކު ފެތުރެމުންދާކަން ފާހަގަކުރައްވައި، ރާއްޖޭގައި މިބަލި ކޮންޓްރޯލް ކުރުމަށް ޞިއްޙީ އިދާރާތަކުން ދޭއިރުޝާދުތަކާއި އެއްގޮތަށް ރައްޔިތުންގެ ޢަމަލުތައް ބެހެއްޓެމުން ގޮވާލައްވާފައެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ޚިދުމަތް ކުރިއަށް ގެންދިއުމަށްޓަކައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން މެދުނުކެނޑި ދަނީ ޓެސްޓްކިޓްތައް ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޖޫން މަހުގެ 29 ވަނަ ދުވަހު ދިވެހިރާއްޖެއަށް “ޖީން އެކްސްޕާޓް މެޝިން”ބޭނުންކޮށްގެން ތަޙްލީލްކުރުމަށް ބޭނުންވާ ކާޓްރިޖް ވެސް އެޖަމިއްޔާއިން ވަނީ ހަދިޔާކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް