ކ. މާލެ
|
8 ޖުލައި 2020 | ބުދަ 23:31
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓްވިޓަރ
ޓޫރިޒަމް މިނިސްޓަރ
އަލީ ވަހީދަށް ކުރެވުނު ތުހުމަތުތައް: ޖިންސީ ފުރައްސާރައިގެ ވާހަކަތައް އަޑުއައްސަވާފައި ރައީސް ކީރިތިކުރެއްވި!
 
މި ތުހުމަތުތަކާއި ގުޅޭގޮތުން މައުލޫމާތު ހޯއްދެވުމަށް މިނިސްޓަރ އަލީ ވަހީދަށް ގުޅާލުމުން ފޯނަށް ޖަވާބެއް ނުދެއްވާ
 
ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް މިނިސްޓަރ ޖިންސީ ގޯނާ ކުރައްވާފައިވާކަމަށް ތުހުމަތު ކުރެވޭ

މިނިސްޓަރ އަލީ ވަހީދާއި ގުޅޭގޮތުން ކުރެވުނު ތުހުމަތުތަކުގެ ވާހަކަ އަޑުއެއްސެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ކީރިތި ކުރެއްވި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން ނަންހާމަ ނުކުރުމަށް އެދި ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވީ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް މިނިސްޓަރ ޖިންސީ ގޯނާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން އޮފީސް ތޭރެގައި މިނިސްޓަރގެ ކެބިންއަށް އަންހެން ސްޓާފުން ގެންގޮސްގެންނާއި ރިސޯޓަށް ގެންގޮސްގެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރައްވާފައިވާކަމަށް ތުހުމަތުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި "ސީކްރެޓް ޗެޓުން" މުވައްޒަފުންނާއި ބަދު އަޚްލާގީ ވާހަކަތައް މިނިސްޓަރ ދައްކަވާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިމައްސަލަ ފެންމަތިވެގެން ގޮސްފައިވަނީ އޮފީސް ތެރޭގައި ޖިންސީ އަނިޔާ ލިބިފައިވާ ދެ މުވައްޒަފަކު ދެއްކި ވާހަކަތައް މިނިސްޓްރީގެ އިސް އޮފިޝަލުން ރައީސްގެ ސަމާލުކަމަށް ގެނައުމުންނެވެ. އަދި އޮފިޝަލުން ބެލިބެލުމުން މިހާރުވެސް މަސައްކަތް ކުރަމުންދާ މުވައްޒަފުންނާއި ކުރީގައި މިނިސްޓްރީގައި މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށް މިނިސްޓަރުގެ ފަރާތުން އެކި ގިތްގޮތުން ޖިންސީ ގޯނާ ފޯރާފައިވާކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ހަވީރު ރައީސް ސާލިޙާއި، ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަދި މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް އައިޝަތު މުހައްމަދު ދީދީ ވަނީ އެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ކަންހިނގައިދިޔަ ގޮތް އޮޅުން ފިލުވިކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި މުވައްޒަފުންގެ ވާހަކަތައް އަޑުއައްސަވާ ރައީސް އާއި ޖެންޑަރ މިނިސްޓަރ ކީރިތި ކުރެއްވި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި ތުހުމަތުތަކާއި ގުޅޭގޮތުން މައުލޫމާތު ހޯއްދެވުމަށް މިނިސްޓަރ އަލީ ވަހީދަށް ގުޅާލުމުން މިނިސްޓަރ ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
13%
1%
36%
36%
6%
8%
ކޮމެންޓް
9 ޖުލައި 2020 | ބުރާސްފަތި 14:16
ގައުމު ހަލާކުވާ އިރު ކީރިތި ނުިރައްވާ މޫރިތި ކަންމަތީ ހުންނަނީ. ޢެކަމަކު އެހެން ކޮންމެ ކަމެއްގަ ކީ ރިތި ކުރަައްވާ. ކީރިތި ބެ
9 ޖުލައި 2020 | ބުރާސްފަތި 10:05
އައްޔައައްޔަ
ދީނަށް ފުރަށްސާރަ ކޮށްގެން ކީރިތި ނުކުރެއްވެތަ
9 ޖުލައި 2020 | ބުރާސްފަތި 09:00
އަހައްމަދު
ކިނބޫ ހަމައެކަނި އެނގެނީ ރޯން! ކްރޮކޮޑައިލް ޓިއަރސް.. ހެހެ
9 ޖުލައި 2020 | ބުރާސްފަތި 07:00
މަރީ
ޙަމަ ދޮގު ވާހަކަތައް