ކ. މާލެ
|
7 ޖުލައި 2020 | އަންގާރަ 14:03
ތާޖް މަހަލް
ތާޖް މަހަލް
އެންޑީޓީވީ
ތާޖްމަހަލް
ތާޖް މަހަލް ހުޅުވުން ފަސްކޮށްފި
 
ތާޖް މަހަލް ހުޅުވުން ފަސްކޮށްފައިވަނީ ކޮވިޑް-19 ގެ ސަބަބުން

ދުނިޔޭގައި ހުރި އަޖައިބުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާގެ ތާޖް މަހަލް ހުޅުވުން ފަސްކޮށްފިއެވެ.

ތާޖް މަހަލް އަގުރާއިން ވަނީ އެ ސަރަޙައްދުގައި ހުންނަ ބިނާތައް ހުޅުވުން ފަސްކޮށްފައިވާ ކަމަށް އިއުލާންކޮށްފައެވެ. އެ ސިޓީން ބުނީ އެގޮތަށް ނިންމާފައިވަނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ކަަމަށެވެ.

ތާޖް މަހަލް ބަންދުކޮށްފައިވަނީ މާރޗު މަހުގެ ތެރޭގައެވެ. ތާޖް މަހަލް ބިނާކުރުމުގެ މަސައްކަތް ފަށާފައިވަނީ 1632 ވަނަ އަހަރުއެވެ. މުޅި އިމާރާތް އެއްކޮށް ބިނާކޮށް ނިމިފައިވަނީ 1653 ގައެވެ. މި އިމާރާތުގެ މަސައްކަތުގައި ވިހި ހާހަށް ވުރެ ގިނަ މީހުން އުޅެފައިވެއެވެ.

މިއީ މުޣަލް ރަސްގެފާނު ޝާހް ޖަހާން، އެ ރަދުންގެ ލޯބިވާ ރަނިކަނބަލުން އަރްޖުމަންދް ބާނޫ ބޭގަމް ނުވަތަ މުމްތާޒް މަޙަލް އަވަހާރަވުމުން އެކަމުގެ ހިތާމައިގާ ބިނާ ކުރެއްވި ލޯބީގެ ބިނާއެކެވެ.

ތާޖް މަހަލް ހުޅުވުން ފަސްކޮށްފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19ށް އެންމެ ގިނައިން މީހުން ޕޮޒިޓިވްވި ގައުމުތަކުގެ ލިސްޓުގެ ތިން ވަނައަށް އިންޑިއާ ވަނީ މިހާރު އަރާފައެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ އިންޑިއާގައި ކޭސްތައް އިތުރުވެގެން ގޮސްފައިވަނީ އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތި ލޮކްޑައުންއަށް ލުއިތަކެއް ދިނުމާއި ގުޅިގެން ކަމަށެވެ.

0%
0%
100%
0%
0%
0%
ކޮމެންޓް