ކ. މާލެ
|
5 ޖުލައި 2020 | އާދީއްތަ 04:01
ބްރެޒިލްގައި ތަނެއް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުންދަނީ
ބްރެޒިލްގައި ތަނެއް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުންދަނީ
ރޮއިޓަރސް
ކޮވިޑް-19 ދުނިޔޭގެ ހާލަތު
އެއްދުވަހާ 212،000 މީހުންނަށް ކޮވިޑް-19 ޖެހި، އަނެއްކާވެސް ރިކޯޑެއް
 
އެންމެ ފަހުން ރިކޯޑް އަދަދަކަށް މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވަނީ ޖޫން މަހުގެ 28 ވަނަ ދުވަހު
 
ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދުއުޅެނީ އެހެން ދުވަސްތަކެކޭވެސް އެއްގޮތަށް 5000 ގައި
 
އެންމެ ގިނަ އަދަދެއްގެ މީހުންނަށް ހޮނިހިރު ދުވަހު ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވަނީ އެމެރިކާ، ބްރެޒިލް އަދި އިންޑިޔާ

ފާއިތުވި 24 ގަޑިއިރު ތެރޭގައި މުޅި ދުނިޔެއިން 212,326 ( ދެ ލައްކަ ބާރަހާސް ތިން ސަތޭކަ ސައްބީސް) މީހުންނަށް ކޮވިޑް-19 ޖެހިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ ހޮނިހިރު ދުވަހު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދަކީ ރިކޯޑް އަދަދެއްކަމަށެވެ. އެންމެ ގިނަ އަދަދެއްގެ މީހުންނަށް ހޮނިހިރު ދުވަހު ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވަނީ އެމެރިކާ، ބްރެޒިލް އަދި އިންޑިޔާއިންނެވެ.

ރިކޯޑް އަދަދަކަށް މީހުންނަށް ވައިރަސް ޖެހުނު ނަމަވެސް ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އުޅެނީ އެހެން ދުވަސްތަކެކޭވެސް އެއްގޮތަށް 5000 ގައެވެ.

ހޮނިހިރު ދުވަހު އިންޑިޔާއިން އެކަނި 22،000ށް ވުރެ ގިނަ މީހުންނަށް ވައިރަސްޖެހިފައިވާއިރު, މިއީ އިންޑިޔާގައި ރިކޯޑް އަދަދެކެވެ.

އެންމެ ފަހުން ރިކޯޑް އަދަދަކަށް މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވަނީ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ. އެއީ 189،077 މީހުންނެވެ. އޭގެ ކުރިން ރިކޯޑް އަދަދަކަށް މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ. އެއީ 183,000 މީހުންނެވެ.

ކޮވިޑް-19 މުޅި ދުނިޔޭގައި ޖެހިފައިވާ މީހުންގެ އަދަދު 11 މިލިއަނަށް އަރާފައިވަނީ ހުކުރު ދުވަހުއެވެ. އެ އަދަދު 10 މިލިއަނަށް އަރާފައިވަނީ އޭގެ އެއް ހަފްތާކުރިންނެވެ.

11 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަނީ އެމެރިކާއެވެ. އެއީ 2,890,588 މީހުންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަނީ ބްރެޒިލްއެވެ. އެއީ 1,543,341 މީހުންނެވެ. ތިންވަނައަށް ރަޝިޔާއެވެ. އެއީ 667,883 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
25%
25%
0%
50%
0%
0%
ކޮމެންޓް