ކ. މާލެ
|
8 އޭޕްރިލް 2017 | ހޮނިހިރު 18:40
މިހާރު ޔޫޓިއުބް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށްވުރެ އިތުރު
މިހާރު ޔޫޓިއުބް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށްވުރެ އިތުރު
ރާއްޖެއެމްވީ
ޔޫޓިއުބް އަށް ބަދަލުތަކެއް
ޔޫޓިއުބް ޗެނަލްތަކަށް އިސްތިހާރު ލެވޭ އުސޫލު ބަދަލުކޮށްފި
 
ޔޫޓިއުބް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށްވުރެ އިތުރު

ޔޫޓިއުބް ޗެނަލްތަކުގެ ވީޑިއޯގައި އިޝްތިހާރު ހިމަނައިގެން ފައިސާ ހޯދޭ އުސޫލަށް ބަދަލު ގެނައުމަށް ޔޫޓިއުބުން ނިންމައިފިއެވެ.

އަލަށް ހަދާ ޗެނަލްތަކުން ޔޫޓިއުބް ޕާޓްނަރ ޕްރޮގްރާމްގައި ހިމަނާނެތޯ ނުވަތަ ނޫންތޯ ނިންމުމުގެ ކުރިން އެ ޗެނަލަކަށް 10،000 ވިއުސް ލިބެން ޖެހޭނެކަމަށް ޔޫޓިއުބުން އާއްމުކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައިވެއެވެ.

އޭގެ ފަހުން އިޝްތިހާރު ލުމުގެ ކުރިން އެ ޗެނެލަކީ ގައިޑްލައިންތަކަށް ފެތޭ ޗެނަލެއްތޯ ބަލާނެއެވެ.

އޭގެ ސަބަބުން ކޮންޓެންޓް ވަގަށްނެގުމާއި ފޭކް ޗެނަލްތައް ހުއްޓުވިގެންދާނެ ކަމަށް ޔޫޓިއުބުން ބުނެއެވެ.

"ޗެނަލްއަށް 10،000 ވިއުސް ލިބުމުން އަހަރުމެން ބަލާނަން ޗެނަލްގެ ހަރަކާތްތައް ހުރީ އަހަރެމެންގެ ޕޮލިސީ ތަކާ އެއްގޮތަށް ތޯ" ޔޫޓިއުބްގެ ވައިސް ޕްރެޒިޑެންޓް އޮފް ޕްރޮޑަކްޓް މެނޭޖްމަންޓް އޭރިއެލް ބާރޑިން ލިޔެފައިވެއެ.

ޔޫޓިއުބް ލޯންޗްކޮށްފައިވަނީ 2005 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ގައެވެ.

މިހާރު ޔޫޓިއުބް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށްވުރެ އިތުރެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް