ކ. މާލެ
|
3 ޖޫން 2020 | ބުދަ 15:56
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު؛ އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރާއެކު ގިނަ މަޝްވަރާތަކެއް ވަނީ ކުރައްވާފައި
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު؛ އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރާއެކު ގިނަ މަޝްވަރާތަކެއް ވަނީ ކުރައްވާފައި
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރ މަޝްވަރާ ކުރެއްވުން
ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ ޝާހިދު އިންޑޮނޭޝިޔާގެ ފޮރިން މިނިސްޓަރާއި މަޝްވަރާ ކުރައްވައިފި
 
އިންޑޮނޭޝިއާގެ 804 މީހަކު އަނބުރާ ގައުމަށް ފޮނުވުމުގައި ވެދެއްވި އެހީތެރިކަން އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރ ފާހަގަ ކުރެއްވި

ކޮވިޑް-19 އާއި ފަތުރުވެރިކަމަށް ދިމާވެފައިވާ ޙާލަތާއި ގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު، އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރާއި ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވައިފި އެވެ.

އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރ ރެތްނޯ ލެސްތަރި ޕްރިއަންސަރި އާއި ފޯނުން ގުޅުއްވާ މިނިސްޓަރ ޝާހިދު ވަނީ ކޮވިޑާއި ގުޅިގެން ރާއްޖޭގައި ކުރަމުން އަންނަ މަސައްކަތްތަކާއި އަދި އިޖާބައާއި ގުޅިގެން މަޝްވަރާ ކުރައްވާފަ އެވެ. އަދި ކޮވިޑާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ލޮޅުންތަކާއި ގުޅޭގޮތުން ވެސް ފޮރިން މިނިސްޓަރ ޝާހިދު ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ފޮރިން މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑޮނޭޝިއާ އަކީ ރާއްޖެއާއި އެކުވެރި ޤައުމެއްކަން ފާހަގަކުރައްވާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.

މަޝްވަރާތަކާއި ގުޅިގެން އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެކި ޤައުމުތަކުގައި ތިއްބެވި ފޮރިން މިނިސްޓަރުންނާއި ފޯނުން ގުޅުއްވާ ވާހަކަދެއްކެވި ކަމަށާއި، އެންމެ ފުރަތަމަ ގުޅުއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދަށް ކަމަށެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ޙާލަތާއި ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިގެން މަޝްވަރާ ކުރެއްވި ކަމަށެވެ.

އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރ ވަނީ އިންޑޮނޭޝިއާގެ 804 މީހަކު އަނބުރާ ޤައުމަށް ފޮނުވުމުގައި ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް