ކ. މާލެ
|
26 މެއި 2020 | އަންގާރަ 11:02
ކަރަން ޖޯހަރު
ކަރަން ޖޯހަރު
ބޮލީވުޑް ލައިފް
ކަރަން ޖޯހަރު ސެލްފް ކަރަންޓީނަށް
ކަރަން ޖޯހަރު ގޭގައި އުޅޭ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކަރަން ސެލްފް އައިސޮލޭޝަނަށް
 
ގޭގައި ތިބި އެހެން މީހުންގެ ޓެސްޓްތަކުގެ ނަތީޖާވަނީ ނެގެޓިވްވެފައި
 
ކަރަން އާއެކު އޭނާގެ ދެކުދިންނާއި މަންމަވެސް ދިރިއުޅެމުންދޭ

ކޮވިޑް-19 އިންޑިޔާގައި ހަލުވިކަމާއެކު ފެތުރެމުން ދާއިރު ބޮލީވުޑްގެ މަޝްހޫރު ތަރިންވެސް މިކަމުން އިސްތިސްނާއެއް ނުވެ އެވެ.

މީގެކުރިން ޖާންވީ ކަޕޫރުގެ ގޭގައި މަސައްކަތް ކުރަން އުޅޭ ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އޭނާގެ އާއިލާއިން ހާމަކޮށްފައި ވެއެވެ. މި ލިސްޓަށް މިހާރު އިތުރުވެފައި މިވަނީ ފިލްމު ޑައިރެކްޓަރ، ޕްރޮޑިއުސަރ، އެކްޓަރ އަދި ޝޯވތައް ހުށަހެޅުމުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ކަރަން ޖޯހަރެވެ.

މިކަމާއި ގުޅިގެން ކަރަން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ގޭގައި އުޅޭ ދެ ސްޓާފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަލާމާތްތައް ފެނުމާއެކު އެމީހުން ގޭގެ ވަކި ތަނެއްގައި ކަރަންޓީނު ކޮށްފައިވާ ކަމަށާއި އަދި ކަމާބެހޭ ފަރާތްތަކަށް އެކަން އެންގުމުން ގެވެސް މިހާރު ޑިސްއިންފެކްޓް ކޮށްފައިވާ ކަމަށެވެ.

އާއިލާ އާއި ގޭގައި އުޅޭ އެހެން މީހުންގެ ފަރާތުން އަދި އަލާމާތެއް ނުފެންނަކަމަށް ކަރަން ބުނެފައި ވެއެވެ. އަދި އެންމެންގެ ސާމްޕަލް ނެގިކަމަށާއި އެންމެން ވެސް ނެގެޓިވް ކަމަށް ކަރަން ބުނެފައިވެ އެވެ. އެހެންނަމަވެސް ކުރިޔަށް އޮތް 14 ދުވަހު އައިސޮލޭޝަންގައި ތިބޭނެކަމަށް ކަރަން ވަނީ ބުނެފަ އެވެ.

ކަރަންގެ ގޭގައި މިވަގުތުވެސް އޭނާގެ ކުޑަ ދެކުދިން ކަމަށްވާ ޔަޝް އަދި ރޫހީ އުޅެއެވެ. އަދި އޭނާގެ މަންމަވެސް އުޅެމުން ދަނީ ކަރަން އާއެކު އެގޭގަ އެވެ.

ކަރަން ބުނެފައި ވަނީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި ކަމާބެހޭ ފަރާތްތަކުން އަންގަމުންދާ އެންގުންތަކަށް ބޯލަނބާނެ ކަމަށެވެ. އަދި ހުރިހާ އެންމެންވެސް ގޭގައި ތިބުމަށް ކަރަން ވަނީ އެދިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް