ކ. މާލެ
|
25 މެއި 2020 | ހޯމަ 15:33
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް: ކޮވިޑް-19 އާގުޅިގެން ކޮމިއުނިޓީ ސަޕޯޓްގެ ވަރަށް ގިނަ ކަންކަން މާލެ ސިޓީން ކުރަމުންދޭ
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް: ކޮވިޑް-19 އާގުޅިގެން ކޮމިއުނިޓީ ސަޕޯޓްގެ ވަރަށް ގިނަ ކަންކަން މާލެ ސިޓީން ކުރަމުންދޭ
ރާއްޖެއެމްވީ
ކޮވިޑް-19 މާލެ ސިޓީގެ މަސައްކަތްތައް
ކޮވިޑް-19ން އަރައިގަނެވެންދެން މާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރާނެ- ޝަމާއު
 
އެހެނިހެން ރޯގާތައް އުޅޭތީ، މަދިރި ނައްތާލުމަށް މާލެ ބޭސްޖަހައި، ފޮގް ކުރަމުންވެސް ދޭ
 
އެސްޓީއޯއިން ފޯރުކޮށްދޭ ބޭސް، ގޭބީސީތަކަށް ފޯރުކޮށް ދިނުމުގައި 24 ގަޑި އިރު މަސައްކަތް ކުރޭ
 
ކޮންމެ ދުވަހަކު އެޗްޕީއޭއިން ދޭ ލިސްޓަކަށް ޑިސްއިންފެކްޓް ކުރަމުންވެސް ދޭ

ކޮވިޑް-19 ރޯގާއިން އަރައިގަނެވެންދެން، މާލެ ސިޓީގެ މަގުތައް ޑިސްއިންފެކްޓް ކުރަމުންދާނެ ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދޭ ކޮވިޑް-19 ކަވަރޭޖަށް މައުލޫމާތު ދެއްވަމުން މަލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ވިދާޅުވީ، މާލެގެ މަގުތަށް ޑިސްއިންފެކްޓް ކުރަން އަލުން ފަށައިގެން ކުރިއަށް ގެންދާތާ ދެ ހަފުތާއެއްވަރު ވެއްޖެ ކަމަށާއި އަދި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މުޅި މާލެ އެއްކޮށް ޑިސްއިންފެކްޓްކޮށް ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް ކޮވިޑް-19ގެ މި ހާލަތުން އަރައިގަނެވެންދެން މާލެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި، ކުރިއަށްގެންދަން ރާވާފައިވާ ކަމަށްވެސް ޝަމާއު ވިދާޅުވި އެވެ.

މީގެ އިތުރުން ޝަމާއު ވިދާޅުވީ، މާލޭގެ ބައެއް ފިހާރަތަކާއި ގުދަންތަކާއި، އާންމު ބައެއް ތަންތަން ހިމެނޭގޮތަށް ޑިސްއިންފެކްޓް ކުރުމަށް، ހެލްތު ޕްރޮޓެކްޝަން އެޖޭންސީ (އެޗްޕީއޭ)އިން ކޮންމެ ދުވަހަކު ވެސް މާލެ ސިޓީ ކައުންސިލަށް ލިސްޓެއް ފޮނުވަމުންދާ ކަމަށާއި، އެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ޝަމާއު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން މާލެ ސީޓީ ކައުންސިލަށް ވަކިން ހާއްސަކޮށް، ކުރަމުން ދަނީ ކޮމިއުނިޓީ ސަޕޯޓްގެ ކަންކަން ކަމަށެވެ. އެގޮތުން، މާލެ ސަރަހައްދު ފުރަބަންދަށް ދިއުމާއެކު، މާލެ ސިޓީ ކައުންސިލުން އިންސިޑެންޓް ކޮމާންޑް ޕޯސްޓްސް (އައިސީޕީ)ތައް ގާއިމުކޮށް، އެތަންތައް މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާ ކަމަށެވެ. ހާއްސަކޮށް ކަރަންޓީން ނުވަތަ މޮނީޓަރިންގ ހާލަތަށް ގެނެވޭ ގޭބީސީތަކަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ގޭބީސީތަކަށް އެހީތެރިވެދީ، އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭކަން ކަށަވަރު ކުރުމަކީ އައިސީޕީތަކުގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ޝަމާއު ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވީ މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި އުޅޭ ރައްޔިތުންގެ ތެރެއިން ދިގު މުއްދަތަކަށް ބޭސް ކުރަމުންދާ މީހުންގެ ބޭސް ސިޓީއަށް، އެސްޓީއޯއިން ބޭސް ދިނުމުން ބޭސްތައް އޭގެ ވެރިފަރާތްތަކަށް ބެހުމުގައި ވެސް 24 ގަޑީއިރު ސިޓީ ކައުންސިލުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މީގެ އިތުރުން ރަށްރަށަށް މުދާ އުފުލުމުގައި މުދާ އުފުލާ ބޯޓުތަކަށް އެހީތެރިވުމަށް ނޯތު ހާބަރުގައި ގާއިމު ކޮށްފައިވާ އައިސީޕީތަކުގައި ވެސް ސިޓީ ކައުންސިލްގެ މުވައްޒަފުން ހަރަކާތެރިވަމުންދާ ކަމަށެވެ.

ޝަމާއު ވިދާޅުވީ، ކޮވިޑް-19ގެ ދަށުން ހިންގާ ހަރަކާތްތަކުގެ އިތުރަށް، މިދުވަސް ވަރަކީ މަދިރީގެ ސަބަބުން ރޯގާ އިތުރުވެގެންދާ ދުވަސްވަރެއް ކަމަށްވާތީ، މަދިރި ނައްތާލުމަށް ތަންތަނަށް ބޭސް ޖެހުމާއި، ހެނދުނާއި ހަވީރު ފޮގް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
25 މެއި 2020 | ހޯމަ 21:04
މަންޑޭލާ
ޑިސްއިންފެކްޓް ކުަރންވީ މާލޭ ތޮއްޖެހިގެން އުޅޭ ހުރިހާތަނެއްވެސް. ސިޓީކައުންސިލް އިންވާ އެއްވެސްކަމެއް ނުފެނޭ. މާރުކޭޓް ވެސް، މަގުތައްވެސް ބޮއްސުންލާފައި. ބޮއްސުންނުލަނީ ކޮންތަނެއްތޯ؟