ކ. މާލެ
|
22 މެއި 2020 | ހުކުރު 19:14
މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑް ސްޓޭޑިއަމް: އެ ކްލަބުގެ ޖުމްލަ ދަރަނި 429 މިލިއަން ޕައުންަޑަަށް އަރާ
މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑް ސްޓޭޑިއަމް: އެ ކްލަބުގެ ޖުމްލަ ދަރަނި 429 މިލިއަން ޕައުންަޑަަށް އަރާ
ޔުނައިޓެޑްގެ ދަރަނި އިތުރުވުން
މެންޗެސްޓާ ޔުނައިޓެޑްގެ ދަރަނި 127 މިލިއަން ޕައުންޑަށް އިތުރުވެއްޖެ
 
ޔުނައިޓެޑްގެ ޖުމްލަ ދަރަނި 429 މިލިއަން ޕައުންޑަށް އަރާ
 
ކޮވިޑް19 އާ ގުޅިގެން ގިނަ ކްލަބުތަކަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ވަމުން

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މިއަހަރުގެ ފުރަތަމަ ތިން މަހުން އެކަނިވެސް މެންޗެސްޓާ ޔުނައިޓެޑްގެ ދަރަނި 127 މިލިއަން ޕައުންޑަށް އިތުރުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ޔުނައިޓެޑަށް ވަނީ މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އެ ކްލަބުގެ ދަރަނި 127 މިލިއަން ޕައުންޑަށް އިތުރުވިއިރު، ކްލަބުގެ ޖުމްލަ ދަރަނި މިހާރު ވަނީ 429 މިލިއަން ޕައުންޑަށް އަރާފައެވެ. މިއީ މިދިޔަ އަހަރާ އަޅާކިޔާއިރު 42 އިންސައްތަ އިތުރު އަދަދެކެވެ.

ކްލަބުތަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ މެޗުތައް ބެލުމަށް ދަނޑަށް ވަންނަ ސަޕޯޓަރުންނަށް ވިއްކާ ޓިކެޓުންނެވެ. އެކަމަކު ލީގު މެދުކަނޑާލާފައި އޮތުމާއި، ލީގު އަލުން ފަށާއިރު ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން މަސައްކަތް ކުރަމުން އަންނާތީ ގިނަ ކްލަބުތަކަށް ވަނީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ދަރަނި އިތުރުވިއިރު، މީގެ ކުރިން އެ ކްލަބުގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް ވަނީ ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ބޮޑު ޚަރަދެއް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ޔުނައިޓެޑަށްވެސް މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، މީގެ ކުރިން އެ ކްލަބުން ވަނީ ހާލުގައިޖެހިފައިވާ މީހުންނަށް 30،000 ކާބޯތަކެތި ހަދިޔާކޮށްފަ އެވެ. އަދި މެންޗެސްޓާ ސިޓީއާ ގުޅިގެން ޔުނައިޓެޑުން ވަނީ އެއް ލައްކަ ޕައުންޑް ހަދިޔާ ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް