ކ. މާލެ
|
21 މެއި 2020 | ބުރާސްފަތި 17:04
މީގެ ކުރިން ރާއްޖެ އައިސްފައިވާ ޗައިނާގެ ފަތުރުވެރިންތަކެއް
މީގެ ކުރިން ރާއްޖެ އައިސްފައިވާ ޗައިނާގެ ފަތުރުވެރިންތަކެއް
ސަން އޮންލައިން
ރާއްޖެ އިސްތިހާރު ކުރުމަށް ކުރާ މަސައްކަތް
ޗައިނާގެ ޓްރެވަލް ޓްރޭޑުން ތަމްރީނުކުރުމަށް ހާއްސަ ވެބިނާ ކެމްޕެއިނެއް ފަށައިފި
 
މިކެމްޕެއިން ކުރިއަށް ގެންދަނީ ޗައިނާގެ ބަހުރުވައިން
 
މިކެމްޕެއިން ދިހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާނެ
 
ޗައިނާގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަން އެންމެ އެކަށީގެންވާ މަންޒިލަކީ ރާއްޖެ

ޗައިނާގެ ޓްރެވަލް ޓްރޭޑުން ތަމްރީނުކުރުމަށް ހާއްސަ ވެބިނާ ކެމްޕެއިނެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ފަށައިފި އެވެ.

ބުދަ ދުވަހު ފެށި ވެބިނާ ކެމްޕެއިނަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގައި ހިމެނޭ ޕްރޮޑަކްޓްތަކުގެ އިތުރުން ރާއްޖެ އަކީ ޗައިނާގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަން އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި ޕްރޮމޯޓްކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

ދިހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ވެބިނާ ސެޝަންތަކަކީ، ޗައިނާގެ ފަތުރުވެރިންގެ ހަނދާނުގައި ރާއްޖެ ބެހެއްޓުމަށާއި، އެހެން ވާދަވެރި މަންޒިލްތަކަށް ވުރެން ހުރިހާ ގޮތަކުން ވެސް ޗައިނާގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަން އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. ޗައިނާ އަކީ ވޭތުވެދިޔަ 8 އަހަރު ދުވަހު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ.

މިކެމްޕެއިންގެ ސެޝަންގައި ވެސް 550 އަށް ވުރެ ގިނަ ޗައިނާ ޓްރެވަލް ޓްރޭޑުން ވަނީ ބައިވެރިވެފަ އެވެ. ޗައިނާ ބަހުން ކުރިއަށް ގެންދާ ސެޝަންގައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ބެހޭ އެންމެފަހުގެ މައުލޫމާތުތައް ހިއްސާކޮށްފަ އެވެ. އަދި ކުރިއަށް ހުރި ސެޝަންތަކުގައި ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ފަތުރުވެރިންނަށް ރާއްޖޭގައި ތަޖުރިބާ ކުރެވެން ހުންނަ އެންމެ ތަފާތު ކަންތައްތައް ވެސް ހިއްސާ ކުރެވިގެންދާނެއެވެ.

އެމްއެމްޕީއާރްސީން ބުނީ ސެޝަންތައް ކުރިއަށް ގެންދާނީ ޗައިނާ މާކެޓުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ޓަކައި ޗައިނާގެ ފަތުރުވެރިން ރާއްޖެއާ މެދު ގަޔާވާ ކަންކަމަށް އިސްކަން ދެވިގެން ކަމަށެވެ.

ވެބިނާގައި ބޭއްވި ސުވާލާއި ޖަވާބު ސެޝަންގައި ޗައިނާގެ ޓްރެވަލް ޓްރޭޑް ސިނާއަތުން ރާއްޖެއާ ބެހޭގޮތުން އޮޅުން ފިލުވަން ބޭނުންވި ސުވާލުތަކަށް ވަނީ ޖަވާބުދީފަ އެވެ. އަދި ވެބިނާގެ ބައިވެރިން ރާއްޖެއާ މެދު ފާޅުކުރި ޝައުގުވެރިކަމުން އެނގިގެން ދަނީ ރާއްޖެ އަކީ ޗައިނާ ފަތުރުވެރިން މުޅިއަހަރު ދުވަހު ވެސް ޒިޔާރަތްކުރަން އަދިވެސް ހިތްއެދޭ މަންޒިލެއް ކަމެވެ.

ވެބިނާ ސެޝަންތައް ބައިވެރިން ވީހާވެސް ގަޔާވާނެ ފަދަ ސެޝަންތަކަކަށް ހެދުމަށް އެމްއެމްޕީއާރްސީއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން މި ސެޝަންތަކުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރި 17 ފަރާތްތަކާ ގުޅިގެންކުރިއަށް ހުރި ބައިތައް ގެންދިއުމަށް ނިންމާފަ އެވެ. އެގޮތުން އެކި ސެޝަންތަކުގައި ބައިވެރިވާ ފަރާތްތަކަށް އެފަރާތުގެ ޕްރޮޕަޓީސްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ބައިވެރިންނާ ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ބޮޑެތި މާކެޓްތައް ހިމެނޭ ގޮތަށް އޮންލައިން ޓްރެވަލް އެޖެންޓުން ތަމްރީނުކުރުމަށް މިފަދަ ވެބިނާތައް ބޭއްވުމަކީ އެމްއެމްޕީއާރްސީން ފެށި އާ ހަރަކާތެކެވެ.

ރާއްޖެ އަލުން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުން އަންނައިރު، އެމްއެމްޕީއާރްސީއިން ވަނީ މާކެޓް ކުރަމުން އައި ގޮތް ބަދަލުކޮށް ރާއްޖެ އޮންލައިން އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރުން އިތުރުކޮށްފައެވެ.

ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަމުން އައި އެއް މާކެޓެވެ. ހާލަތު އަލުން ރަނގަޅުވެ ދަތުރުތައް ފެށުމުންޗައިނާ ވެގެންދާނީ ރާއްޖެ އަށް ފަތުރުވެރިން އެންމެ އަވަހަށް އަންނަން ފަށާނެ އެއް މާކެޓްތަކުގެ ތެރޭގައެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ޗައިނާގެ ފަތުރުވެރިންނަށް ބަންދުކުރުމުގެ ކުރިން މި އަހަރުގެ ޖެނުއަރީ މަހު 31،744 ފަތުރުވެރިން ވަނީ އެ ޤައުމުން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރު އެ މުއްދަތާ އަޅާބަލާއިރު 22 އިންސައްތައިގެ ކުރި އެރުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް